Support Us

އިންޖީނުތައް އަލުން ހިންގަން ފަށައި ކަރަންޓް ދޭން ފަށައިފި

12:03

އިންޖީނުތައް އަލުން ހިންގަން ފަށައި މާލޭގެ އެކި ސަރަހައްދު ތަކަށް ކަރަންޓް ދޭން ފަށައިފިއެވެ.

ސްޓެލްކޯ އިން ބުނީ މާލޭގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމަށެވެ.

"މިހާރު އިންޖީނުގޭގެ އިންޖީނުތައް އަލުން ހިންގަން ފެށުމާއެކު، ކަރަންޓު މެދުކެނޑުނު ސަރަޙައްދުތަކަށް ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. މި ވަގުތު މާލޭގެ 75 އިންސައްތަ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ވަނީ އަލުން ފޯރުކޮށްދެވިފައި. ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. މި ކަމާ ގުޅިގެން ދިމާވާ ދަތިތަކަށް އިޚްލާޞްތެރިކަމާއެކު މަޢާފަށް އެދެން،" ސްޓެލްކޯ އިން ބުންޏެވެ.