ލޭގެހޫނުން ރޯވިއަލިފާން މޭގެތެރެއިން ނުނިވެޔޭ
އޭގެ ސަބަބުން ލޭހިލޭ އަސަރެއް މިބިމަކުން ނުފިލަޔޭ
ހީވެޔޭ އެބަފެންނަހެން ސީދާވި ދުނި މާތްކަރުފުޅަށް
މީގެ ޝަކުވާގައި ދިވެހިލޯ އަދިއަދަށްވެސް ނުނިދަޔޭ
ބޭރުބޮޑުދިދަ ދިވެހި ނަލަކޯއްޓޭމަތިން ވިހުރާލުމުން
މޭރުމަށް އައި ދަރުސަކުން ފިއްޔެއް ހަނދާނެއްނުނެތެޔޭ
ޒަހަރަކުން ހިންގާލި ވިހަގަދަ ދިވެހި މިނިވަން އަރުތެރޭ
ފަހަތަކަށް ދިޔުމުން ޒަމާން އަރަކުން އެރަހައެއް ނުފިލަޔޭ
އޭޒަމާނާއޭ ތިބާ ތެދުވެރިކަމާއެކު އަބަދުވެސް
ދޭށެއުފުލާ ހިތިހަނދާން ހިތަކުން މިހައްްޤެއް ނުކެނޑެޔޭ
