Support Us

ފެންނަ ފެނުމާއި ހަގީގަތާ ތަފާތު

އާދައިގެ މީހެއް ބުންޏަކަސް އަގުހުރި މިއީ މޮޅު ދަރެހެކޭ
މާދަން، މިއަދު ވެސް ދިރިއުޅުން ބައްޓަންކުރަން އޮތް ޢިބަރެކޭ

ފައިސާއަކީ ހުރިހާ ކަމެއް ޙާޞިލުކުރާ އެއްޗެއް ކަމަށް
”ބައިސާ ކަނޑާ ނަމަ“ ދޫތަކުން، ބުނެލަން އޮތީ އޭ ގޯހެކޭ

އެނދަކާ ގޮދަޑިއެއް ގަނެ ގެޔަށް ގެނަޔަސް އޮށޯވެ ނިދައިލުމަށް
ތެދެކޭ އެއިން ނުލިބޭނެނީ އުފަލާ އަރާމުގެ ނިންޖެކޭ

އަގުހެޔޮކަމުން ގިނަ ގަޑިތަކެއް ގަނެގެން ތިމާ ގެނަޔަސް ގެޔަށް
ވަގުތާ އެއިން ނުލިބޭނެނީ ގަޑިޔާ އެފަދަ ފުރުޞަތުތަކޭ

ބާރާ ނުފޫޒުން ހޯދިޔަސް ކާރާ މަޤާމާ ލިބި ވިޔަސް
އާރާސްތު ވޭހޭ ޢިއްޒަތެއް، ނުކިޔޭނެޔޭ މުޙުތަރަމެކޭ

އޮތަކަސް ފޮތެއް މޮޅު ގަނެވިފައި ލައްވައި ސެލޯފެން ރީތިކޮށް
ހިތަނީހެ އިލްމެއްކަމު އެއީ؟ ނޫނޭ އެއީ ކަރުދާސްތަކޭ

ފައިސާ ހުރީމާ އެންމެ މޮޅު ކާނާ ތިމާއަށް ގަނެވުނަސް
ގައިގައި ވަނީ ދުޅަހެޔޮކަމޭ ހިތަނީހެ އޭ ކުށް ހީއެކޭ

ތަނަވަސްކަމާއި މުދާ ތިމާއަށް ލިބިވުމުން، ހިނިތުންވަމުން-
ވަނަކަސް ގެޔަށް ގިނަ މީސްތަކުން ހިތަނީހެ އޭ އެކުވެރިޔެކޭ

އިސްކޮށް މި ދެންނެވިހާ ކަމެއް، ވިސްނައިފިނަމަ ފުން ވިސްނުމުން
މިސްރާބު ސީދާ ކޮށްލުމަށް، ޙިއްސަށް އެއީ ޢިބްރަތްތަކޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *