Support Us

ކޮވިޑް19 އަށް މިއަދު 109 މީހުން ޕޮޒިޓިވް

ކޮވިޑް19 އަށް 109 މީހުން މިއަދު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި 109 މީހުންގެ ތެރެއިން 106 މީހުންނަކީ މާލޭ ސިޓީން ޕޮޒިޓިވްވެފައިވާ މީހުން ކަމަށެވެ. އަނެއް ތިން މީހުންނަކީ އެކިއެކި ރަށްރަށުން ޕޮޒިޓިވްވެފައިވާ މީހުން ކަމަށެވެ.

ކޮވިޑަށް މިއަދު ޕޮޒިޓިވްވެފައިވާ 106 މީހުންގެ ތެރޭގައި ހިމެނެނީ 80 ދިވެހިންނާއި ބަންގްލަދޭޝްގެ 24 މީހުންނާއި އިންޑިއާގެ ދެ މީހުންނާއި ސްރީލަންކާގެ ދެ މީހުންގެ އިތުރުން ނޭޕާލް މީހެކެވެ.

ކޮވިޑް19 ރާއްޖެއިން 7578 މީހުންނަށް ޖެހިފައިވާއިރު 2619 އެކްޓިވް ކޭސް ހިމެނެއެވެ. އަދި ހޮސްޕިޓަލްތަކުގައި 184 މީހަކަށް ފަރުވާދެމުން ގެންދާއިރު އައިސޮލޭޝަންތަކުގައި 1482 މީހަކު އެބަތިއްބެވެ. ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 28 އަށް އަރާފައެވެ.

ކޮވިޑް19 ޖެހޭ މިންވަރު މި އޮގަސްޓް މަހު ދަނީ އިތުރުވަމުންނެވެ. އެޗްއީއޯސީއިން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި މި އޮގަސްޓު މަހު ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެއެވެ. އަދި އެ ސެންޓަރުން އަންދާޒާކުރި ވަރަށްވުރެ އިތުރަށް މި އޮގަސްޓް މަހުގެ ދެ ވަނަ ދުވަހު 215 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *