މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ރާއްޖެ އައި ޗައިނާ އަންހެނަކު ގެއްލިގެން އޭނާ ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ ޓުއަރިސްޓް ވިސާގައި، އޮކްޓޫބަރު 13 ގައި ރާއްޖެ އައި ސޫ ޒިއޯނިންގ، 30، މާލޭގައި ހުރި ގެސްޓް ހައުސް އިން އޮކްޓޫބަރު 24 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޗެކްއައުޓްވެފައިވާ ކަމަށާއި އެއަށްފަހު އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިނުވާކަން ތަހުގީގަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"ނަމަވެސް އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވެއެވެ.،" ފުލުހުންގެ ބަޔާނެއްގައި ވެއެވެ.
"ސޫ ޒިއޯނިންގ ރާއްޖެ އައިފަހުން އާއިލާއަށް ޚަބަރެއްވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ 2025 ޖަނަވަރީ 22 ވަނަ ދުވަހުއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު އޭނާ ހޯދުމަށްޓަކައި ފުލުހުންގެ ކަމާ ގުޅުން ހުރި އެންމެހާ ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި، ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ."
ފުލުހުން ބުނީ ސޫ ޒިއޯނިންގ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅައި ހިއްސާކުރުމަށެވެ.



advertisment