Support Us

މަޑުއްވަރީގެ އިޚްތިޞާޞްގައި އުފުލަންދޫ، އަދި މީދޫގެ އިޚްތިޞާޞްގައި ތާވަތާ ހިމަނުއްވައިފި

ރ. މަޑުއްވަރީގެ އިޚްތިޞާޞްގައި އުފުލަންދޫ، އަދި އެ އަތޮޅު މީދޫގެ އިޚްތިޞާޞްގައި ތާވަތާ ހިމެނުއްވުމަށް ނިންމަވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކަން އިޢުލާންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާންކުރެއްވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން، މަޑުއްވަރީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރަށަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ގެނެވިދާނެ ޙައްލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެ މަނިކުފާނު ވަނީ، ރަށުގެ ބިން ފުރިފައިވާކަމާއި، ފަޅުގައިވެސް ޖާގަ ނެތުމުން، ހިއްކުނަސް ހިއްކޭނީވެސް ނިސްބަތުން ކުޑަ ސަރަޙައްދެއްކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، މަޑުއްވަރީގެ ބިން ހިއްކުމުގެ މަޝްރޫޢު މި އަހަރުގެ ބަޖެޓުގައި ހިމަނައި، ކަމާ ގުޅޭ ވުޒާރާތަކާއި ކައުންސިލުން މަޝްވަރާކުރެއްވުމަށްފަހު، މި އަހަރު ޢަމަލީ މަސައްކަތް ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ދައުރުގެ ތެރޭގައި ފުރިހަމަކުރެއްވުމަށް ރާއްވަވާ މި މަޝްރޫޢުގައި ހިމެނިގެން، ކުރިން ހަދާފައިވާ ބަނދަރު ބެކްފިލްނުކޮށް ހުރުމުން ދިމާވާ މައްސަލަ އާއި، ގިރާ ސަރަޙައްދު ހިމާޔަތް ނުކޮށް އޮތް މައްސަލަ އާއި، ބަނދަރުގެ ބޭރު ތޮށި ވެހިކަލަށް ވަދެވޭ ގޮތަށް ހަދާފައި ނެތް މައްސަލައަށް ޙައްލު ހޯދައިދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެހެންނަމަވެސް ރަށަށް އެންމެ ހައެއްކަ ހެކްޓަރު އިތުރުކޮށްގެން ބިމުގެ މައްސަލައަށް ހައްލެއް ނޯންނާނޭކަމަށް ވިދާޅުވެ، ރަށުގައި އިޤްތިޞާދީ މަސައްކަތްތައް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމަކީ، ޢާންމު ސިއްޙަތަށްވެސް އޮތް އެންމެ ރަނގަޅު ޙައްލުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، މަޑުއްވަރީގެ އިޚްތިޞާޞްގައި އުފުލަންދޫ، އަދި މީދޫގެ އިޚްތިޞާޞްގައި ތާވަތާ ހިމެނުއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވިއެވެ. އަދި އެކަމާ ގުޅޭ ޤާނޫނީ ލިޔެކިޔުމުގެ ކަންކަން ހަމަޖެހުމުން، މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ނުޖެހޭ ހުރިހާ ތަނެއް އެރަށްތަކަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ.

ހައުސިންގ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވިދާޅުވީ، އެ ރަށުގެ ހައުސިންގް ޔުނިޓްތައްވެސް ހިމެނޭ ގޮތަށް، ހައުސިންގ މަޝްރޫޢު ހިންގައިދޭނޭ ފަރާތެއް ހޯދުމަށް، މި މަހުގެ ބާކީ މިއޮތް ދުވަސްތަކުގެ ތެރޭގައި އިޢުލާންކުރައްވާނޭ ކަމަށެވެ. ހައުސިންގ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވިދާޅުވީ، އެ ރަށުގެ ހައުސިންގް ޔުނިޓްތައްވެސް ހިމެނޭ ގޮތަށް، ހައުސިން މަޝްރޫޢު ހިންގައިދޭނޭ ފަރާތެއް ހޯދުމަށް، މި މަހު އިޢުލާންކުރައްވާނޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *