Support Us

2025 ޅެންވެރިންގެ ދުވަހުގެ މުނާސަބާގައި

ދިވެހިއަދަބީ ޖައްވު ފަތިހަށް އަލިވެގެން އައި ރޯޝަނީ
ރިވެތި މޫސުމުގައި ވިދާ ބަބުޅާލި ތަރިއެއް ސިފަވަނީ

އެދުހު ސަރުކާރުގެޚަބަރު ނަމުގައި ވުޖޫދުވެގެން އަލަށް
އުފެދިގެން އައި ނޫހަށޭ ފުރަތަމަ ނަޒަރު ގޮސް ހުއްޓެނީ

ޅެންވެރިންގެ ކޮލަމް ބަލާ ލޯތައް ނުހަނު ޝައުގުން ދެކޭ
ޅެންތަކެއް ލިޔެދެއްވި ޝާޢިރެކޭ ހަނދާނަށް އަންނަނީ

ޅެންތަކުގެތެރެއިން ހނދާނަށް އަންނަ އެޒަމާން "މުސްތަހީލު"
ޅެންބަހުން އެމުނުއްވި މުތްތައް އުއްތެމުންނޭ އަންނަނީ

عمربن عبدالعزيزގެ ސީރަތުން އީސާރުގައި
ސިފަކުރެއްވެވި ޅެން އަބަދުވެސް އަޑުއިވޭހެން ހީވަނީ

އެއްފޮތުން އެންމެން ކިޔެވިއަސް ފެންނަހިނދު ދިހަބާރަގޮތް
އެންމެނަށް އިސްލާމުނޭ ކިޔުމުން ސުވާލު އުފައްދަނީ

ބޮލުގެބައްޔެއް ނޫނަކަސް ބޮލުގާ އަޅަން ބެންޑޭޖުތައް
އެބަޖެހޭކަން ދުއްވަމުންދާ މީހުނަށް އަންގައިދެނީ

ކުޑަކުދީންގެ ޗުއިންގަމާ އަދި ސިފަވި ހަޑިގިއްލާ އެއީ
ކުޑަ ނަސޭހަތަކަށްވުރެން މާބޮޑު ނަސޭހަތަކަށްވަނީ

މިފަދަ އެތަކެއް ރޮނގުތަކުން އެތަކެއް ދަރުސްތައް ދެއްވަވާ
ދެފަދައެއް ނެތް އެފަދަ صادق އަރިހަށޭ އައިސް ވަދެވުނީ

ޝާޢިރުންގެދުވަސް ވެދާ ތަޚުސީސް މިއަހަރު ޝާޢިރަށް
ޝާއިރީ ތުހުފާ އޮހޭ އުފަލުގެ ލޮލޭ ފެންކަޅިވަނީ

ގޮނޑުދޮށުން ދޮންވެލި މުލީ ހޮވި މުޑުވަކުން ގަސްތައް ފަޅައި
ބޮޑުވެގެން ލިބެމުން މިދާ ފިނި ހިޔަލަށޭ އަދު ބޮސްދެނީ

ދަަރިވަރުން އެތަކެއް އުފެއްދެވި ލޯބިވާ އެ މުދައްރިސަށް
ދަރިވަރުންގެ ހިތުން ހެދޭ ޝުކުރުގެ ބިނާއޭ އުފުލެނީ

ލައްވަވާނދޭ ހެޔޮ ޝިފާއާ ރަޙުމަތާ ރުއްސެވުމުގައި
ފިއްލަވާނދޭ އާފަތުން މުޅި އުމުރުފުޅު ވެސް ޔާޣަނީ

 

 

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *