ތަހުނިޔާ އިޙްސާސްތަކުން…..
އިރުގެ އަލި ދޯދިން، މި ދޭހަށް ތަހުނިޔާ ފަތުރައިދެމުން
ފަރިވި ޅެންވެރި ޤުލްޝަނަށް، ކުރަނީ ޒިޔާރަތް ހީލަމުން
ކޮންމެ ޝަޚުސެއް މި ދުނިޔޭގައި ބައިތަކަށް ވާ ބީދައިން
ކޮންމެވެސް އިޙުސާސަކާއެކު ޅެންވެރީން ދޭ އަމުނަމުން
ހިރަފުހާ، ވެއްޔާއި މައްޓާ، މެކި ހަޔާތުގެ ދާސުތާ
ދިރިއުޅޭ ނަފްސުގެ އުދާހޭ ފިލުވަނީ ޅެން ޢާލަމުން
ފިނި ބަހާރުން ފަރިވެފައިވާ ރީތި ގުލްޒާރުގެ އެދުން
އުނި ހަޔާތުގެ މި ދުނިޔޭގައި ހިތް ނުދޭ ފުރަގަސްދެމުން
އަލިކަމެއް ނެތް ފަޅު ހަޔާތުގެ އަނދިރިކަން އެކި ހިތްތަކުން
ފިލުވަނީ އެކި ޝާޢިރީ އިޙްސާސު ލަފުޒުން އަތުރަމުން
ޝާޢިރާނާ ވިސްނުމާ، ތަސްވީރު ކުރުވާ މަންޒަރަށް
ދާއިމީ ފޭރާމަކީ ލަފުޒުގެ ގެތުން ވިސްނައިލަމުން