ލޮލަށް އިޝްޤީ ޣަރަޤުވެއްޖޭ، ކަލާ އާ ނަޒަރު ބައްދަލުވެވި
ސަލާމުގެ ރޯޅިއެއް ލެފިލީ، ތަޞައްލީދޭށެ ހިނިތުންވެވި
ދުލުން ބުނުމަށް އުޒުރުވެރިވީ، ޚިޔާލާ ފުން ޝުޢޫރުތަކާ
ހިލުނު އަސަރުން ދެނެއް ނުދެވުނު ޖެހުނު ސިޙުރުން ސަލާމަތް ވެވި
ލިބުނު އިޝްޤީ ޖަވާބާއެކު، އުދުހި ލޯބީގެ މެހެފިލްގައި
ތަބާވެވި އިޝްޤު ރަން ކުލަތައް ބެލީ ދެހިތޭ ވަމުން ދަހިވެވި
އޮހުނު އަލްފާޒުތައް ދެހިތުން، ކުޅޭން ފެށި ރާގުގައި އުފަލުން
ބަހާރެއް ދެ ހިތުގައި ފޮޅުވީ އަޙުދު ވަޢުދާ ހުވާތައްވެވި
ހިތުގެ ފުނުގައި ދެ ހިތުގައިވާ އަސަރު ވިންދާ ގުޅުވި މެކިގެން
ފަތައި އިޝްޤީ ކަނޑުގެ ފުނުގައި ދެހިތް އޮޅުލީ އެ ވަރުބަލިވެވި
ހިމޭން އިޝްޤީ ތުނޑީ ތިބެގެން، ތަޞައްވުރުކުރި އުފާ ލޯބިން
ފުމޭން ފެށި ރާގު ލޯބީގައި، ކެހުނު ފަރުދާ ލަދުގެ އަތުނުވި