Support Us

ކަނާޅު ނުވަތަ ބްލެކް ހޯލްގެ ވާހަކަ

ކަނާޅަކީ އިންތިހާއަށް ދަމާބާރު ވަރުގަދަ ކައުނީ ސަރަހައްދެކެވެ. ކަނާޅު އުފެދެނީ ކާއިނާތުގައިވާ ބޮޑެތި ތަރިތަކުގެ ތެރެއިން ތަރިއެއް ގޮވުމުގެ ސަބަބުންނެވެ.

ކަނާޅުގައި ހުންނަ އާދަޔާ ޚިލާފު ދަމާބާރުގެ ވަރުގަދަކަމުން މާއްދީ އެއްވެސް އެއްޗެއް އެއާ ކައިރިވެއްޖެނަމަ އޭގެ ތެރެއަށް ދަމައިގަނެއެވެ. ތަރިއެއްވިޔަސް ޕްލެނެޓެއް ކަމުގައި ވިޔަސް އޭގެތެެރެއަށް ދަމައިގަނެއެވެ. ކަނާޅު އަނދިރި ވަޅުގަނޑެއް ހެން ނުވަތަ އަނދިރި ބާގަނޑެއްހެން ފެންނަނީ ކާއިނާތުގެ ތެރެއިން އަލިދޯއްޖެއް ވެސް އެއާ ކައިރި ވެއްޖެނަމަ އޭގެތެރެއަށް ދަމައިގަންނާތީއެވެ. އެއް ކަނާޅު އަނެއް ކަނާޅާ ލާމެހި އެއް ކަނާޅަކަށް ބަދަލުވާކަމާއި ކޮންމެ ގެލެކްސީ އެއްގައި ވެސް ކަނާޅެއް ވާކަމަށް ޒަމާނީ ސައިންސް ހާމަކުރެއެވެ.

ކާއިނާތުގައި އެންމެ ފުރަތަމަ ކަނާޅުތައް އުފެދުނީ ކައުނު އުފެއްދެވުމާ ގުޅިގެންނެވެ. މި ކަނާޅުތަކަށް ކިޔަނީ ޕްރިމޯޑިއަލް ބްލެކް ހޯލްސް އެވެ. އެއަށްފަހު އުފެދޭ ކަނާޅުތަކަކީ ބޮޑު ތަރިއެއްގައި ހިނގާ ނިޒާމަށް އަންނަ ބަދަލުތަކާއެކު އެ ތަރިއެއް ގޮވުމަށްފަހު އުފެދޭ ކަނާޅުތަކެވެ. މި ކަނާޅުތަކަށް ކިޔަނީ ސްޓެލަރ ބްލެކް ހޯލްސް އެވެ.

ދުނިޔެއާ އެންމެ ކައިރީގައިވާ ކަނާޅަކީ ގާތްގަނޑަކަށް 1،500 އަލި އަހަރު ދުރުގައި އޮންނަ ގަޔާ ބީއެޗް1 އެވެ. މިހާތަނަށް ހޯދިފައިވާ އެންމެ ބޮޑު ކަނާޅު ކަމުގައިވާ TON 618 އަކީ މާސްއަށްވުރެ 66 ބިލިއަން ގުނަ ބޮޑު ކަނާޅެކެވެ.

 

* ޢަބްދުﷲ ސައީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *