Support Us

ޒަކާތު ޢިލްމުގެ ފުރަތަމަ ކޯސް އިލްމް އިންސްޓިޓިއުޓުން ފަށަނީ

ޒަކާތު ޢިލްމުގެ ދާއިރާއިން ރާއްޖޭގައި ފަށާ ފުރަތަމަ ކޯސް އިލްމް އިންސްޓިޓިއުޓުން ފަށަން ތައްޔާރު ވެއްޖެއެވެ.

އިލްމް އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒްއިން ކުރިއަށް ގެންދާ ޑިޕްލޮމާ އިން ޒަކާތު މެނޭޖްމަންޓް ސައިންސް ކޯހަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން މިހާރު ވަނީ ހުއްދަ ދީފައެވެ.

އިލްމް އިންސްޓިޓިއުޓުން ބުނީ، ދިވެހި ބަހުން ކިޔަވައިދޭ، އެއް އަހަރު ދުވަހުގެ މި ޑިޕްލޮމާ ޕްރޮގްރާމުގައި ކިޔަވައިދޭނީ ރާއްޖޭގެ ޢިލްމީ ބޭފުޅުން ކަމަށެވެ.

"މި ޕްރޮގްރާމުގައި ކިޔަވައިދޭނެ ބައިތަކުގެ ތެރޭގައި އަޤީދާ އެންޑް އިސްލާމިކް އެތިކްސްއާއި ޒަކާތު ސައިންސްގެ ޢާންމު އުޞޫލުތަކާއި މުދަލު ޒަކާތް ބެހުމުގައި ޝަރުޢީ ޙުކުމްތަކާއި އެއާ ބެހޭ ދިރާސާތަކާއި ދިވެހި ޒަކާތު ނިޒާމާއި ޒަމާނީ ޒަކާތު މުއައްސަސާތަކުގެ ހިންގުމާއި އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ޒަކާތުގެ ދައުރު ހިމެނެއެވެ. އަދި މުދަލު ޒަކާތް ގުނުމުގެ މައިގަނޑު ކަންތައްތަކާއި އިސްލާމިކް ފައިނޭންސާއި މުދަލު ޒަކާތުގައި ޒަމާނީ ޝަރީޢަތުގެ މައްސަލަތައް ވެސް ހިމެނެއެވެ." އިލްމް އިންސްޓިޓިއުޓުން ބުނެއެވެ.

"މި ކޯހަކީ އިސްލާމީ އިޤުތިޞާދުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް މުހިންމު ކޯހަކަށްވާނެ. މި ޕްރޮގްރާމުގައި ބައިވަރިވާން ވަރަށް އަވަހަށް އިއުލާންކުރާނެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *