ފަޒާ ހިނިތުންވަނީ އައު އަހަރަކަށް އިރު އުދަވުމުން އަދުގައި
ޝަޒާ ހެޔޮކަންކަމުން ފަތުރާ ބަހާރެއް ފަރިކުރޭ ބިމުގައި
ފެށުނު އައު އަހަރުގައި އުއްމީދުތައް އައު ކަނޑައަޅާ އެ މަގުން
ކަށިން ހިތްވަރުލަމުން ކުރިޔަށް ދެވޭތޯ ބާރުލާ ހިތުގައި
ހަޔާތުގެ ފަސްބަޔަށް މާޒީގެ ބަލަމުން ނުކުރެވުނު ކަންކަން
ލަޔާޤަތުދެއްވުމަށް ކުރުމަށް އެދޭށޭ ވާގި ހަޟްރަތުގައި
ދިރާސާކޮށް ބަލައި ވިސްނާ ޢަމަލުތައް ނަފްސު ތިޔަ ކުރިހާ
ކިރާ ވަޒަނުގެ ތަރާދަށްލައި، މަގުން ދޭ ދީން އެދޭގޮތުގައި
އިތުރު ވަގުތާ ހަކަތައާ އުމުރުގައި ނެތްކަން ހަނދާންކުރަމުން
ހިތުގެ އީމާނުގައި ޤާއިމް ވެދާށޭ، ހެޔޮކަމާއެކުގައި
މުނާޞަބު ތަހުނިޔާ ފޮނުވާލަމޭ އައު އަހަރަކަށް މި ހިތުން
ފަނާވެ މިތާ ތިބާ ނުދަނީސް، އަމަލު ސީދާ ކުރޭ މަގުގައި