Support Us

ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވައި، ބައެއް މިނިސްޓްރީތަކުގެ ނަން ބަދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވައި، ބައެއް މިނިސްޓްރީތަކުގެ ނަން މިއަދު ބަދަލުކުރައްވައިފިއެވެ.

މި ބަދަލުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި އެ މިނިސްޓްރީގެ މަސައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއަށް ބަދަލުކުރައްވާފައެވެ.

ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތައް

1. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން ކަމަށް މޫސާ ޒަމީރު
2. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ކަމަށް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު
3. މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ކަމަށް ޑޮކްޓަރ މަރްޔަމް މާރިޔާ
4. މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމަށް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް

ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރެއްވި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރެއްވި ބޭފުޅުންނަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިނެވެ. ހުވައި ކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ޢައްޔަނުކުރެއްވި ހަތަރު ވަޒީރުންނާ ބައްދަލުކޮށްލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް އަހަރަކީ ސަރުކާރުގެ މަސައްކަތްތައް މިހާރަށްވުރެ އިތުރަށް ހަރުދަނާކޮށް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ އަހަރެއް ކަމުގައެވެ. އަދި މިނިސްޓްރީގެ އޮނިގަނޑު އެކުލަވާލުމުގައި ބަދަލުވާ މުވައްޒަފުންނަށް ދަތިނުވާނެ ގޮތަށް ކަންކަން ހަމަޖެއްސެވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *