Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

"ޑްރަގް ޗެޓު"ގައި ބައިވެރިވި ކަމަށް ރިއާ އެއްބަސްވެއްޖެ

ބޮލީވުޑްގެ ފިލްމީ ތަރި ސުޝާންތު ސިންގ ރާޖްޕޫތުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ރިއާ ޗަކްރަބޯތީ، ވަޓްސްއެޕްގައި ޑްރަގާއި ބެހޭގޮތުން މުއާމަލާތުކުރި ކަމަށް އެއްބަސްވެއްޖެއެވެ.

ޓައިމްސް ނައުއިން ބުނިގޮތުގައި އިންޑިއާގައި މަނާކޮށްފައިވާ މަސްތުވާ ޒާތުގެ ޑްރަގްތަކާއި ބެހޭގޮތުން ވަޓްސްއެޕް މެދުވެރިކޮށް ބަޔަކާއި ވާހަކަ ދެއްކި ކަމަށް ސީބީއައިގެ ތަހުގީގުގައި ރިއާ އެއްބަސްވެފައިވާކަން އެ ނޫހަށް ވަނީ މުއުތަބަރު ފަރާތަކުން މައުލޫމާތުދީފައެވެ. އެފަރާތުން ބުނިގޮތުގައި ޑްރަގްގެ ވާހަކަ ދެއްކި ކަމަށް އެއްބަސްވި ނަމަވެސް، ސުޝާންތަށް ނޭނގި ޑްރަގު ދިން ކަމަށް ބުނާ ވާހަކަތައް ރިއާ ވަނީ ދޮގުކޮށްފައެވެ.

ސުޝާންތުގެ މަރުގެ ތަހުގީގު ކުރިއަށްގެންދާ ސީބީއައިގެ ޓީމުން އިއްޔެ ވަނީ އެމީހުންގެ ސްޓޭޝަނަށް ރިއާ ހާޒިރުކޮށް، އޭނާއާއި ސުވާލުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގީ މަރުހަލާގައި އެ ސްޓޭޝަނަށް ރިއާ ހާޒިރުކުރާ ވަގުތުތަކުގައި އޭނާއަށް ހިމާޔަތް ފޯރުކޮށްދޭނެ ކަމަށާއި، އެކަން ކުރަނީ ސީބީއައިގެ އެދުމުގެ މަތިން ކަމަށް މުމްބާއީގެ ފުލުހުން ވަނީ ބުނެފައެވެ.

އިންޑިއާގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި އިއްޔެ ސީބީއައިގެ ސްޓޭޝަނަށް ރިއާ ގެންގޮސް، އޭނާއާއި ސުވާލުކުރުމަށް 10 ގަޑިއިރު ހޭދަކޮށްފައިވެއެވެ. އަދި މި މައްސަލައާއި ގުޅިގެން މިއަދު ވެސް އޭނާ އެތަނަށް ހާޒިރުކުރާނެ ކަމަށް ބެލެވޭ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ވަޓްސްއެޕް މެދުވެރިކޮށް ރިއާ ފޮނުވި މެސެޖުތަކުގައި، އެމްޑީއެމްއޭ ކިޔާ ޑްރަގެއް ބޭނުންކުރި ކަމަށް އޭނާ ބުނެފައިވާ ކަމަށް ޓައިމްސް ނައު އިން ބުންޏެވެ. އަދި 'ސައި ނުވަތަ ކޮފީ ތަށީގެ ތެރެއަށް ހަތަރު ތިކި ވައްޓާލައިފައި އޭނާ އަށް ބޯންދީ' އެ ފަދައިން ލިޔެފައިވާ މެސެޖެއް ނޮވެމްބަރ 25 ގައި ޖާޔާ ސަހާ ކިޔާ މީހެއް ރިއާއަށް ފޮނުވާފައިވާ ކަމަށް ޓައިމްސް ނައު އިން ވަނީ ބުނެފައެވެ. އެ މެސެޖުގައި ދައްކާފައިވަނީ ސުޝާންތުގެ ވާހަކަ ކަމަށް ސުޝާންތުގެ ސަޕޯޓަރުންގެ އިތުރުން އޭނާގެ އާއިލާއިންވެސް ވަނީ ތުހުމަތުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *