Support Us

ބްލެކް ޕެންތާގެ ތަރި ޗެޑްވިކް ބޯސްމަން މަރުވެއްޖެ

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފިލްމު "ބްލެކް ޕެންތާ"ގެ ތަރި ޗެޑްވިކް ބޯސްމަން، ކެންސަރު ބަލީގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވެއްޖެއެވެ.

އުމުރުން 43 އަހަރުގެ ބޯސްމަން މަރުވީ ލޮސްއެންޖަލަސްގައި ހުންނަ އޭނާގެ ގޭގައި އާއިލާގެ ގާތުގައި ހުއްޓައި އިއްޔެގެ ވަގުތެއްގައެވެ. އޭނާގެ މަރާއި ގުޅިގެން އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ 2016 ވަނަ އަހަރު ބޮސްމަންއަށް ކޯލަން ކެންސަރު ޖެހުނުއިރު އޭނާ ހުރީ ކެންސަރުގެ ތިންވަނަ ސްޓޭޖުގައި ކަމަށެވެ. އަދި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އޭނާ ކުޅުނު ފިލްމުތަކުގެ ޝޫޓިން ކުރިއަށް ދިޔައިރު ކީމޯތެރަޕީ ހަދައި، އެތަކެއް ސަރޖަރީއެއް ކޮށްފައިވާ ކަމަށް ވެސް އާއިލާއިން ބުންޏެވެ.


ހަތަރު އަހަރު ކެންސަރު ބައްޔަށް ފަރުވާކުރުމަށްފަހު އޭނާ މަރުވިއިރު ބޯސްމަން ހުރީ ކެންސަރުގެ ތިންވަނަ ސްޓޭޖުގައެވެ. ސައުތު ކެރޮލީނާއަށް އުފަންވި ބޯސްމަން ވަނީ މާވެލް ސްޓޫޑިއޯގެ ބްލެކް ޕެންތާގެ އިތުރުންވެސް މަޝްހޫރު ފިލްމުތަކެއް ކުޅެ، އާންމުންގެ ލޯބި ހޯދާފައެވެ. އެގޮތުން 2013 ގައި ނެރުނު "42″ ފިލްމުގައި އޭނާ ކުޅުނު ޖެކީ ރޮބިންސަންގެ ރޯލުން އޭނާ ވަނީ ހޮލީވުޑްގެ މަޝްހޫރު ތަރިންގެ ލިސްޓުން ޖާގަ ހޯދާފައެވެ.

ބޯސްމަންގެ މަރުގެ ހަބަރު ލިބުމުން، މަޝްހޫރު އެތައް ބަޔަކު އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔާފައިވާއިރު، އޭގެ ތެރޭގައި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ޖޯ ބައިޑެން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *