Support Us

އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް ކުރީގެ ވަޒީރު ޑރ. މަޢުރޫފް ޖަމީލު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް ކުރީގެ ކޮންސްޓްރަކްޝަން އެންޑް ޕަބްޕިކް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. މުޙައްމަދު މަޢުރޫފް ޖަމީލު އައްޔަންކޮށްފިއެވެ.

ޕްރައިވަޓޭޒޭޝަން ބޯޑުން ބުނީ، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ރިޔާސަތުގައި ހުޅުމާލެ ހިއްކައި ތަރައްގީ ކުރުމުގައި ވަޒީރެއްގެ ހައިސިއްޔަތުން އިސް ދައުރެއް އަދާކުރެއްވި ޑރ. މައުރޫފު އެ މަގާމަށް އައްޔަންކުރީ މިއަދު ކަމަށެވެ.

މަޝްހޫރު އާކިޓެކްޓެއް ކަމަށްވާ ޑރ. މައުރޫފު، އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް މި އައްޔަންކުރީ އެ މަގާމުގައި މިހާތަނަށް ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު އިއްޔެ އިސްތިއުފާ ދެއްވުމުންނެވެ.

ޑރ. މައުރޫފަކީ ރައީސް މައުމޫންގެ އިސް ވަޒީރެއްގެ ގޮތުގައި ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރެއްވި މަރުހޫމު އަބްދުﷲ ޖަމީލްގެ ދޮށީ ދަރިކަލުންނެވެ.