
ރާގު: ދިލްކީ އާރުޒޫތި ކޮއީ
ފިނިކަން އެދިން "ބަހާރުގެ" އިރު އޮއްސި ބަނަވެލީ
ހިނިތުންވުމާ ހަޔާތުގެ "ނަލަކަން" މުޅިން ފިލީ
ހަނދު އޮއްސި، އަދު ނަސީބުގެ ތަރި އުދަރެހުން ފިލީ
އަދު، ހެއްދި ގުލްޝަނޭ ވެ ޚަރީފް މޯޅިކަން ވެލީ
މޮޅިޔާ ހިތާމަޔާއި ރިހުން ލިބުނު ހިތްރޮނީ
ހޮޅިލީ އެ ރާޅުތަކުގެތެރޭ ލޯބި ފުން ވަނީ
ކޮޅިގަނޑުތެރޭ ހަޔާތުގެ "ގަނޑުވަރު" އޮޔާ އެލީ
ހީރާ ރަނާ ޖަވާހިރު ލިބުނަސް މިއަދު މަށަށް
އީރާ ނުލައި ނެތޭ އުފަލެއް އަދު މި ބައްޕަޔަށް
ވީރާނާ ވީ ޙަޔާތުގެ ސަފުޙާ ލިޔެވި"ކަޅު" ދެލީ
ބައްދަލުވުމަށް އުފާވެރި މޫސުން ތަނެއް ނުދިން
ބައްދައިލި ކަޅުވިލާގަނޑު އުދަރެސް އެކީ މުޅިން
ޖައްސައިފި ހާލުގައި މުޅި އުމުރަށް ޙަޔާތް މިލީ
ފިއްސައިފިޔޭ ހިތާއިމެޔާ ހިތި މިހަނދުމައިން
ހިއްސާ ކުރާނެ މީހަކު ނެތް އަދު މި ދުނިޔެއިން
ރިއްސާ ހިތާއި ލޭ ކަރުނައިން ލޭ މި ފޯވެލީ
ޖަންނަތު "މަގޭ އުފާވެރި ގުލްޝަން ޚަރީފުވީ"
މަންޒަރު އެކީ ބަދަލްވެ އެކަނިވެރި މުޅީން މިވީ
ޖަންނަތުގެ ޝާނުގައި އެދި ލެއްވުން ދުއާ ވެލީ
