Support Us

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ރޭ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ
ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭގައި ބޭއްވި މުޒާހަރާ:

މީ ގައުމަށް ހެޔޮއެދޭ ބަޔަކު މިފަދަ ދަނޑިވަޅެއްގައި ކުރާނެ ކަމެއް ނޫން: ރައީސް ސޯލިހު 

ރާއްޖޭގައި މުޒާހަރާ ކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެ. އެއީކީ މި ސަރުކާރަކުން ހުއްޓުވާނެ ކަމެއް ނޫން: ރައީސް

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި، ގަވައިދުތަކާ ޚިލާފަށް އެތައް ބަޔަކު އެއްކޮށްގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭގައި މިއަދު ސައިކަލްބުރެއް ބާއްވައި ކުރި މުޒާހަރާއަކީ ގައުމަށް ހެޔޮއެދޭ ބަޔަކު މިފަދަ ދަނޑިވަޅެއްގައި ކުރާނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުރި ދެބުރި ކެފޭއެއްގައި ރޯވި އަލިފާންގަނޑު، ކައިރީގައި ހުރި 10 ބުރީގެ އިމާރާތެއްގައި ހިފައިގެން، އެ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ސިފައިން ކުރަމުންދިޔަ ތަނަށް ރޭ ވަޑައިގެން، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރީގެ ރައީސް އަދި އިިދިކޮޅު ކޯލީޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދާއި ކޯލީޝަންގެ ލީޑަރު އަބްދުއްރަހީމާއި އިދިކޮޅު މަޖިލިސް މެމްބަރުންނާއި އާންމުންގެ ވަރަށް ގިނަ ބަޔަކު ބައިވެރިވެ "ގައުމު ވިއްކާލުމާ ދެކޮޅަށް" މާލޭގައި އިއްޔެ ބޭއްވި ހަރަކާތަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވ،ީ އެފަދަ ބޭފުޅުންތަކެއް ތިއްބަވައިގެން، "މިފަދަ ދަނޑިވަޅެއްގައި އެފަދަ އަމަލެއް ޒިންމާދާރުކަމެއް ނެތި ހިންގީތީ، އަޅުގަނޑު ވަރަށް ހިތާމަކުރަން" ކަމަށެވެ.

މާލޭގައި އިއްޔެ ބޭއްވި ހަރަކާތުގައި ޕީ.ޕީ.އެމްގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ

"އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ވަރަށް އިސް ބޭފުޅުން ނުކުމެވަޑައިގެން، މާސްކުވެސް ނާޅުއްވައި، ރައްޔިތުންގެ އެތައް ބަޔަކު އެއް ތަނަކަށް އެއްކޮށް މިފަދަ އަމަލްތަކެއް ހިންގައިފި. މީއަކީ މިފަދަ ދަނޑިވަޅެއްގައި، ރައްޔިތުންނަށް ހެޔޮ އެދޭ، ގައުމަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަމެއް ނޫން،" ވަރަށް ހިތްޕުޅުހަމަޖެހިވަޑައިނުގެން ހުންނަވައި ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މުޒާހަރާކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހުއްޓުވަން މިސަރުކާރުން މަސައްކަތް ނުކުރާނެ ކަމަށެވެ.

"ރާއްޖޭގައި މުޒާހަރާ ކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެ. އެއީކީ މި ސަރުކާރަކުންނެއްް ހުއްޓުވާނެ ކަމެއް ނޫން. އެހެން ނަމަވެސް، މިފަދަ ދަނޑިވަޅެއްގައި އެފަދަ އަމަލެއް ހިންގީތީ، ޒިންމާދާރުކަމެއް ނެތި ހިންގީތީ، އަޅުގަނޑު ވަރަށް ހިތާމަކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ. "އަޅުގަނޑުމެން އަބަދުވެސް ފުލުހުންގެ ފަރާތުން ވެސް އިލްތިމާސްކުރަމުން މި ގެންދަނީ އެޗް.ޕީ.އޭގެ އެންގުމާ އެއްގޮތަށް ފަސް މީހުންނަށްވުރެ ގިނައިން އެއް ތަނަކަށް އެއްވެ ނޫޅުމަށް. އެހެންވެ އެ އެންގުމާ ޚިލާފަށް އަމަލުކުރާ ހުރިހާ ފަރާތްތަކާ ދޭތެރޭގައި ގާނޫނުގައިވާ ގޮތުގެ މަތީން ފުލުހުންގެ ފަރާތުން ފިޔަވަޅު އަޅަމުންގެންދާނެ."

މުޒާހަރާ ކުރަމުންދިޔައިރު، ފުުހުން އެކަން ހުއްޓުވަން މަސައްކަތް ނުކޮށް، އެ ކަމަށް ފުރުސަތު ނުދޭތޯ ނޫސްވެރިއަކު ދެންނެވުމުން ރައީސް ވިދާޅުވީ އެޗް.ޕީ.އޭގެ ގަވައިދުތަކާ ޚިލާފަށް އެއްވެސް އަމަލެއް ކުރުމަށް ފުުލުހުންނެއް ފުރުސަތެއް ނުދޭނެ ކަމަށެވެ.

މާލޭގައި އިއްޔެ ބޭއްވި ހަރަކާތުގައި ޕީ.ޕީ.އެމްގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ

"އަޅުގަނޑުމެން ފުލުހުން ވެސް ބުނަމުން ގެންދިޔައީ އެޗް.ޕީ.އޭގެ ގަވައިދާ އެއްގޮތަށް އަމަލްކުރަމުން ގެންދިއުމަށް. އަޅުގަނޑު ވަރަށް ކައިރިން ބަލަމުން ގެންދިޔައިން. އެއްވެސް ހާލެއްގައި ގާނޫނުތައް މުގުރާލައިފައި، އެޗް.ޕީ.އޭގެ ގަވައިދުތަކާ ޚިލާފަށް އެއްވެސް އަމަލެއް ކުރުމަށް ފުުލުހުންނެއް ފުރުސަތެއް ނުދޭނެ. މިއަދަކުވެސް ނުދެން. އެހެންވީމާ މަސްލަހަތަށްޓަކައި އަޅުގަނޑުމެން ވާހަކަ ދައްކަމުން ގެންދިޔައީ ފުލުހުންގެ ފަރާތުން ވެސް. ގަވައިދާ ޚިލާފަށް އަމަލްކުރި މީހުންނާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން، ފުލުހުން އަޅަމުންގެންދާނެ."

ކޮވިޑް19 އިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ގޮތުން ގައިދުރުކަން ބަހައްޓަން އެޗް.ޕީ.އޭ އިން އަންގަމުންދިޔަ ނަމަވެސް، އެންމެން ބޮނޑިވެގެން ބޭއްވި ސައިކަލު ބުރާއި މުޒާހަރާގެ މައްސަލާގައި ބަލަންޖެހޭ ކަންކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އިއްޔެ ވިދާޅުވުމުން އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ލީޑަރ އަބްދުއްރަހީމް އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން އަންގައިގެން ފުލުހުން މައްސަލަ ބަލާފާނެ ކަމަށާއި ނަމަވެސް އެހާ ގިނަ އަދަދެއްގެ ބަޔަކާ މެދު ފިޔަވަޅު އެޅިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލްކުރާ ގޮތުގައި މިއީ އެންމެ ގިނަ މީހުން އެކުލެވިގެން މިހާތަނަށް ބޭއްވި ސިޔާސީ ހަރަކާތް. ސަރުކާރުން ބޭނުންވެއްޖެނަމަ މައްސަލަ ބެލިދާނެ. އެކަމަކު އެހާ ގިނަ އަދެއްގެ ބަޔަކާ ދޭތެރޭގައި ފިޔަވަޅު އެޅޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގަދައަށް މުޒާހަރާ ޖެއްސިއްޖެ ކަމަށާއި ރައްޔިތުންގެ ތާއީދު ސަރުކާރަށް ނެތްކަން މިހާރު ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެ ކަމަށެވެ. އަދި މުޒާހަރާގައި ގައުމާއި ރައްޔިތުންގެ ހައްގުގައި ވަރަަށް ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނުކުމެ ސަރުކާރަށް އަޑުއިއްވައިފި ކަަމަށާއި ނަމަވެސް އަމަލީ ސިފަ އައުން އޮތީ ސަރުކާރު އަޑުއަހައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
233
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. ehen dhwww! gaumah heyo edheynama tourism boycott kuran govanvee dhw! raajjeah ehee nudhinumah beyru thanthan aadheys kuranee dhw! ladhuves kudaennu.

  2. ސުރުޚީ ވަރަށް ތާހިރު. ހިތަށް އަރަނީ ފަހަތުން ދުވެ ގަރުނެއް ހުސްވާއިރުވެސް އަދާނުކުރެވޭވަރުގެ ބޮޑެތި ލޯނު ނަގައިގެން ބުރިޖެއް އެޅުމަށް ބަޔަަކު ތެޅި މަރުވުމަކީ މިދަނޑިވަޅު ނޫނަސް އެހެން ދަނޑި ވަޅަކުވެސް ޤައުމަށް ހެވެއް އެދޭ ބަޔަކު ކުރާނެ ކަމެއްހޭ?

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *