ޖަޒުބާތުގެ އަސަރުން ހޫނުކުރި ދެލޮލެއްގެ މީފުންކަރުނައޭ
ފަރުދާވެ އެކީ އުންމީދު ދިޔަ ގުރުބާންތަކެއް އެޅި ކަރުނައޭ
އަހުރެންގެ ހިތަކީ އޭނައަށް ތަޚުސީސު ކުރެވުނު މަންޒިލޭ
ވަހުމެއް ނުވާ އޭނާގެ މޭ އަހުރެންގެ އޭ ފޮނި މަހެފިލޭ
ނަށަމުން ލަވަކީ މޫސުމަށް ފަހުގާ މިއީ އައި ކަރުނައޭ
އަރަނީ ދުވަހަކަށް ކޮންމެ އާ ފަތިހެއްގެ ފިނިކަން ދީފައޭ
މަރަނީ ދުވާލުގެ އަލި ދެލޯ ރެއަކަށް ހިމޭން ތަންދީފައޭ
ފުރެމުން ހަޔާތުގެތަށި އެއައި ޒަހަރަށް ބަދަލުކުރި ކަރުނައޭ
ގަދަރެއް ނުލިބިގޮސް ލުހެވުނީ ދެހިތެއް ބިނާކުރި ނާރެހޭ
އަބަދަށްޓަކައި ދެން ރޫޅުނީ ގަދަކަން އަތުންދިން ހީރަހޭ
ތަދުތައް ތަހައްމަލް ނުކުރެވޭ ފަދައިން އޮހޭ މީ ކަރުނައޭ
