Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ސުޝާންތުގެ މަރާ ގުޅިގެން ސީބީއައި އިން ރިއާއާ ސުވާލުކޮށްފި

ބޮލީވުޑްގެ ފިލްމީތަރި ސުޝާންތު ސިންގ ރާޖްޕޫތުގެ މަރުގެ މައްސަލައިގެ ތަހުގީގުކުރާ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ރިއާއާ ސުވާލުކޮށްފި ކަމަށް އިންޑިއާގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނެފިއެވެ.

ޓައިމްސް ނައު އިން ބުނިގޮތުގައި ސީބީއައިގެ އެންގުމުގެ މަތިން ސުޝާންތުގެ މައްސަލަ ބަލާ ސީބީއައިގެ ޓީމާއި ބައްދަލުކުރަން ރިއާ ޗަކްރަބޯތީ ހާޒިރުވެފައި ވަނީ މިއަދު ހެނދުނު 10 ޖަހާކަންހާއިރެވެ. ސީބީއައިގެ ޓީމް ސްޓޭޝަންކުރެވިފައިވާ ޑީއާރްޑީއޯ ގެސްޓުހައުސަށް ރިއާ ދިޔައީ އޭނާގެ ކޮއްކޮ ޝޮވިކް ޗަކްރަބޯތީއާއެކު ކަމަށާއި، މި މައްސަލައާއި ގުޅިގެން ސީބީއައި އިން ޝޮވިކްއާއި ވެސް ސުވާލުކޮށްފައިވާ ކަމަށް ޓައިމްސް ނައު އިން ބުންޏެވެ.

ރިއާ ސުވާލުކުރަން ހާޒިރުކޮށްފައިވަނީ އިންޑިއާގައި މަނާކޮށްފައިވާ ޑްރަގްގެ ބާވަތްތަކެއް އޭނާ ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ކަމަށާއި، ރިއާގެ އިތުރުން އެކަމާއި ގުޅިގެން ތުހުމަތުކުރެވޭ ގޯރަވް އަރްޔާ ނަމަކަށް ކިޔާ މީހެއްވެސް ސީބީއައިގެ ސްޓޭޝަނަށް ހާޒިރުވާން އަންގާފައިވާ ކަމަށް ޓައިމްސް ނައުގައި ވަނީ ބުނެފައެވެ.

ޝުޝާންތުގެ މަރާއި ރިއާއާއި ގުޅުމެއްވޭތޯ ބަލަން މީގެ ދެތިން ދުވަސް ކުރިން އިންޑިއާގެ ނޫހަކުން ރިއާގެ ވަޓްސްއެޕް މެސެޖުތައް ކިޔައި، އެ މެސެޖުތަކުގައި ތަފާތު ޑްރަގުގެ ވާހަކަ ދައްކާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން 'ސައި ނުވަތަ ކޮފީ ތަށީގެ ތެރެއަށް ހަތަރު ތިކި ވައްޓާލައިފައި އޭނާ އަށް ބޯންދީ' އެފަދައިން ލިޔެފައިވާ މެސެޖެއް ނޮވެމްބަރ 25 ގައި ޖާޔާ ސަހާ ކިޔާ މީހެއް ރިއާއަށް ފޮނުވާފައިވާ ކަމަށް ޓައިމްސް ނައު އިން ވަނީ ބުނެފައެވެ. އަދި އެހެން މެސެޖެއްގައި އޭނާ އެމްޑީއެމްއޭ ކިޔާ ޑްރަގެއް ބޭނުންކުރި ކަމަށް ބުނެފައިވާ ކަމަށް ވެސް ޓައިމްސް ނައު އިން ބުންޏެވެ.

ސުޝާންތުގެ އާއިލާއިން ވަނީ އޭނާގެ މަރުގެ މައްސަލައިގައި ރިއާގެ އަތެއްވާކަމަށް ތުހުމަތުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *