Support Us

ކޮވިޑް19 އަށް މިއަދު 104 މީހުން ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް 104 މީހުން މިއަދު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި 104 މީހުންގެ ތެރެއިން 102 މީހުންނަކީ މާލޭ ސިޓީން ޕޮޒިޓިވްވެފައިވާ މީހުން ކަމަށެވެ. އަނެއް ދެ މީހުންނަކީ އެކިއެކި ރަށްރަށުން ޕޮޒިޓިވްވެފައިވާ މީހުން ކަމަށެވެ.

ކޮވިޑަށް މިއަދު ޕޮޒިޓިވްވެފައިވާ 104 މީހުންގެ ތެރޭގައި ހިމެނެނީ 76 ދިވެހިންނާއި ބަންގްލަދޭޝްގެ 22 މީހުންނާއި އިންޑިއާގެ ފަސް މީހުން އިތުރުން ނޭޕާލްގެ މީހެކެވެ.

ކޮވިޑް19 ރާއްޖެއިން 7329 މީހުންނަށް ޖެހިފައިވާއިރު 2610 އެކްޓިވް ކޭސް ހިމެނެއެވެ. އަދި ހޮސްޕިޓަލްތަކުގައި 180 މީހަކަށް ފަރުވާދެމުން ގެންދާއިރު އައިސޮލޭޝަންތަކުގައި 1434 މީހަކު އެބަތިއްބެވެ. ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 28 އަށް އަރާފައެވެ.

ކޮވިޑް19 ޖެހޭ މިންވަރު މި އޮގަސްޓް މަހު ދަނީ އިތުރުވަމުންނެވެ. އެޗްއީއޯސީއިން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި މި އޮގަސްޓު މަހު ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެއެވެ. އަދި އެ ސެންޓަރުން އަންދާޒާކުރި ވަރަށްވުރެ އިތުރަށް މި އޮގަސްޓް މަހުގެ ދެ ވަނަ ދުވަހު 215 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *