އޭ ލޮލާ! ލޯ ކީއްވެހޭ އެލޮލުގެތެރޭ ހައްޔަރުކުރީ
ހޭލުމާ ނިދުމާ އުޑާބިން ރޭދުވާ އެއްވަރުކުރީ
މަސްތުކޮށްލިއްޔޭ މަގޭ މިިހިތާ މެޔާ މައުސޫމުލޯ
ފަސްފަހުން އައިހެން ހިޔަންޏެއް އަސްލު ސޫރައިގާ ހުރީ
ހޫރެކޭ ވެސް ހީވިޔޭ ނޫނީ ޕަރީއެއްހޭ އެއީ
މޫނުގައި އަލި ހަތަރު ހަނދު ފަދަ ސާދަ ފަނަރައިގާ ހުރީ
ލޮލުގެ ދުނިދަނޑި ދޫއެކުރިހާ ތީރުތައް ނުސަލާމަތުން
ލޮލުގެ ސީދާ ޓާގެޓަށް އަހުރެން ނުދެނެހުއްޓާ އެރީ
ހާދަހާ ގިނަ ބަސްތަކެއް އެލޮލުން ލޮލަށް ފޮނުވައިލިޔޭ
ޖާދުވީ ފޮނި މީރުކަމަކާ ސިހުރެކޭ އޭގާ ހުރީ
ގަނޑުވަރެއް ކުރިއޭބިނާ މިލޮލަށްޓަކައި އެލޮލުގެ ތެރޭ
މަޑުމަޑުން ނެތި ގެއްލިގޮސް މުޅިދުނިޔެއޭ ފަރުދާ ކުރީ
ތޫނު ކަޅިރަވަހޭ މަގޭ ލޯ ހޭ ކުށާ ޖާމިނުވަނީ
ނޫނެކޭ އިޝްގޭ ލޮލަށް ރަހުމެއް ނުވާ މިކުށެއް ކުރީ