Support Us

ކުޅަދުންވަންތަ ﷲ

އިރާ ހަނދު ތަރިތަކާއި އުޑާ ބިމާ ވެސް ހެއްދެވީ ﷲ
އިރާދަކުރައްވަވައި ކަންކަން ހިނގާ މަގު ލެއްވެވީ ﷲ

މަލުން އޮށްތައް ނެރުއްވާފައި އޮށުން ގަސްތައް ފަޅުއްވާފައި
އަލުން މާތައް އެގަސްގަހުގައި ފޮޅުއްވައިދެއްވަނީ ﷲ

ދެގަސް ހަމަ އެއްބިމުން ފަޅުވައި ދިރުންހަމަ އެއްފެނުން ދެއްވައި
އެގަސް މިގަހާ ތަފާތު ކުރައްވަނީ މަތިވެރިވި މާތް ﷲ

ބައެއް ގަސްގަހުގެފަތް ތުނި އޮމާންކަން މަތީ ލައްވައި
ބައެއްފަތް ބޯ ކުރައްވައި ރާޅު ކުރުވީ ވެސް އެ މާތް ﷲ

ގަހާގެހި މިފަދައިން ލައްވައި ތަފާތުމިނާއި ސިފަދެއްވައި
ވަހާ ކުލަޔާ ޢަދަދު ނުވެވޭ މާ މެލާމެލި ލެއްވެވީ ﷲ

ފަޅައި ޖެހިގެން ދެގަސް ބިމުގައި ހެދޭގޮފިތައް ލާމެހިފައި
އަޅާ މޭވާ އެ ގަސްގަހުގައި ތަފާތު ކުރައްވަނީ ﷲ

އެމޭވާ ހުތްވެފައި ރަހައިން މިމޭވާ ފޮނިވެފައި އެފަދައިން
ދެ މޭވާ މީރުވާ ދެބަޔަކު އުފައްދަވަނީ ވި މާތް ﷲ

ހިރޭ ފަތްތައް ވަޔާ ވިހުރޭ ހިޔާ ފިނިފިނި ބިމަށް ފެތުރޭ
ދިރޭރޯގަސްގަހުން އަލިފާން ނެރުއްވައި ދެއްވަނީ ﷲ

މަހާމެހި ފެނުތެރޭ ލައްވައި ދިރުން އެއްފަދައަކުން ދެއްވައި
ވަހާ ރަހަޔާ މަހުގެ ސިފަޔާ ބަދަލުތައް ލެއްވެވީ ﷲ

ބައެއް މަސް ކެއުމަކަށް ލައްވައި ރަހައިގާ މީރުކަން ދެއްވައި
ބައެއް މަސް ވިހަތަކުން ފުރުވައި މަރެއް ފަދަ ލެއްވެވީ ﷲ

އުފެއްދެވިހާ ނަބާތާތާ މިފެންނަ އެތައް ޖަމާދާތާ
ނުފެންނަ ތަފާތު ޒާތްޒާތާ އުފައްދަވަނީ އެ މާތް ﷲ

ޕަރިންދޭ އުދުހެހުން މި ގޮވާ ދަރިންދޭ މިނިކަމުން މި ދުވާ
ވަރިންދޭ ވަރި އުފަން ކުރުވައި އިރާދައިން ހިންގަވާ ﷲ

ފެނުން އާވީގެ އައި ފެށިގެން އުފެއްދި ވިލާ ބަދަލު ވެވިގެން
ފެނުން ފިނިފިނި އަލުން ވެހިގެން ދިރުންތައް ދެއްވަނީ ﷲ

ދަނޑުގެ ގަސްތައް ވެހޭވާރޭން ތަރޯތާޒާ ވެގެން ހެދުނަސް
ކަނޑުގެ ލޮނުރަހަ އެ ފެންވެހުނަސް ބަދަލުނުކުރައްވަނީ ﷲ

ލިބޭ އިރުގާ ކަނޑުން ލޮނުފެން ބޮވޭހެން މީރު ކޯރުގެ ފެން
ވިބޭނުންތެރި މަގުން ލެއްވީ އެފަދަ މިޘްލެއް ނުވާ ﷲ

އުފެއްދެވި ވައްތަރާ ސިފަޔާ ބަލާބެލުމަށް ތަފާތު ނުވާ
އުފެއްދެވި ބިސްބިހުން ވަކިކޮށް ދެޖިންސު ނެރުއްވަނީ ﷲ

މި ނަސްލުގެ ފެށުމަކަށް ވެއްޔާ ކިސަޑު މަންޓާއި އިންސާނީ
ވިޔަސް ހަށިތައް ތަފާތު ނެރުއްވަނީ ދަރިކޮޅުތަކުން ﷲ

ވުޖޫދުގެ ޢާލަމުން ފެނިދާ ފެށުންތައް ފެށި ނިމޭ ގޮތުގައި
ރުޖޫޢަ ތިމާގެ ފެށުމަށް ވާނެ ހެކިތައް ލެއްވެވީ ﷲ

އަމުރުފުޅު އަންނަ ހިނދުގައި"ކުން" އަމުރުފުޅު އައި ގޮތަށް "ފަޔަކޫން"
އަމުރުފުޅު ހިންގަވާ ކަމަކީ އަމުރުފުޅު ތަކުގެ ވެރި ﷲ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *