Support Us

ކިތަންމެ ވަރަކަށް ފެލިޔަސް ހުރި ދިޔައެއް ނުކުންނާނީ

ގިސްލަމުން ވެސް ބުރަ ތަކެތި އުފުލައި ތިމާޔަށް އުޅެލެވޭނީ
ޑިސްކު ތަކުގައި ހިންދަމާލާ ވަރުގެ ބާރެއް ވެސް ހުރިއްޔާ

ވަސްދުވާފަދަ ސެންޓު އަތަރުން ކަޅިވެގެންއައިސް އުޅުނަކަސް،
ވަސްއެނގޭނީ ވަސްދުވާ ހިއްސުގެ ސަލާމަތްކަން ހުރިއްޔާ

ކުލަ ރަނގަޅުވީމާ ނަގައިގެން ކައިލިޔަސް އަދި ރަހައެނގޭނީ،
ކުޑަދުލުގެ އިހްސާސްވެސް ފުރިހަމަވެފައި ރަނގަޅަށް ހުރިއްޔާ

ފެންނަހެން އަދި ހީވިޔަސް ފަހަތުން އެކީގައި އުޅުނަކަސް
ހުންނަސިފަ ރަނގަށް އެނގޭނީ ލޮލުގެ ފެނުމެއްވެސް ހުރިއްޔާ

ވިންދުޖެހިޔަސް ނާރުތަކުގައި މަރުނުވާކަން ކަށަވަރީ،
ވިންދު ޖެހުމާއެކު ވަކިން އަދި ހިތުގެ ދިރުމެއްވެސް ހުރިއްޔާ

ފެންނައެކިއެކި މަންޒަރާ އިވެމުން އެދާހާ އަޑުތަކަށް
ހެއްލިގެން" ބެހިގެން ނުދާނީ" ވިސްނުމެއް ސިކުޑީ ހުރިއްޔާ

ވެއްޓިފައި އޮތަކަސް ތަނެއްގައި ޙާލުނެތި ވަރު ދެރަވެގެން،
ފެންފޮދެއް ދިޔަކަސް ދިރޭނީ ދިރުވުމުގެ ބާރެއް ހުރިއްޔާ

ޖާހިލުން މޮޅު ނަން ނަމުން އަދު ދައްކަމުންދާ ހުވަފެނަށް،
ޖާހިލުން ގޮތުގައި ތަބަޢަ ނުވެ އުޅެވެނީ ވިސްނުން ހުރިއްޔާ

ޙާލުގައި މީހާ އުޅެން ޖެހިގެން ލިބޭހައި ގެއްލުމާ،
ވާ ނުވާ އެއްވެސް އެނގޭނީ ހޭ ހަށީގައި ވެސް ހުރިއްޔާ

ކޮންމެ ގޮތަކަށްވެސް ތަބައަނުވެ ތެދުމަގުން މީހާ ހިނގޭނީ
އޮންނަ ހެޔޮގޮތް ދީނުގައި އެނގި ދަސްވެފައި މީހާ ހުރިއްޔާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *