Support Us

ޕީޕީއެމްގެ ނައިބަކަށް ހަލީލް އެސްޖީއަކަށް ހަލީމް އައްޔަންކޮށްފި

ޕީޕީއެމްގެ ނައިބް ރައީސް ކަމުގެ މަގާމަށް ފޮރިން މިނިސްޓަރ އަބްދުﷲ ހަލީލް އަދި ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްުދުލްރައްޒާގު ހަލީމް އައްޔަންކޮށްފި އެވެ.

މި ދެ ބޭފުޅުން އެ މަގާމަށް އައްޔަންކޮށްފައި މިވަނީ މިއަދު ބޭއްވި ޕީޕީއެމްގެ ސެނެޓްގެ ކުއްލި ބައްދަލުުވުމުގައި ބައިވެރިވެވަަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީޕީއެމްގެ ސެނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވައިފައި މިވަނީ އެ ޕާޓީ އުވާލަން އުޅޭ ކަމަށް މީޑިއާތަކުގައި އަޑު ފެތުރިގެން ގޮސްފައިވަނިކޮށެވެ. ނަމަވެސް ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ އެފަދަ އެއްވެސް މަޝްވަރާއެއް މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ނުގެންދާ ކަމަށެވެ.

ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ޕާޓީ އަސާސީ ގަވާއިދަށް ބައެއް ކަހަލަ އިސްލާހުތައް ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ހިސާބުން ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ސިޔާސީ އެއް ޕާޓީގެ ގޮތުގައި އޮންނަ ޕީޕީއެމްގެ އިސް ސަފުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުން ވަނީ ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *