Support Us

ދުނިޔޭގެ އެންމެ ބޮޑު ޝިޕިންލައިންގެ ބޯޓެއް ރާއްޖޭގައި

ދުނިޔޭގެ އެންމެ ބޮޑު ޝިޕިންގް ލައިންގެ ބޯޓު ރާއްޖެއަށް އައިސްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ބުނެފި އެވެ.

އެމްޕީއެލުން ދުނިޔޭގެ އެންމެ ބޮޑު ޝިޕިންގް ލައިން ކަމަށްވާ "MSC MANASSA F" ރާއްޖެ އައިސްފައިވަނީ އިއްޔެ ކަމަށެވެ.

މި ބޯޓަށް މަރުހަމާ ކިޔުމުގެ ގޮތުން އެމްޕީއެލާއި އެމްއެސްސީގެ ރާއްޖޭގެ އެޖެންޓް ކަމުގައިވާ ސެންޗޫރިއަން ގުޅިގެން މިއަދު ހެނދުނު މާލެ ވިޔަފާރިވެރިންގެ ބަނދަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބޯޓުގެ ކެޕްޓަނަލަށް އެމްޕީއެލް އަދި ސެންޗޫރިއަންގެ ފަރާތުން ވަނީ ހަނދާނީ ފިލާއެއް ދީފަ އެވެ.

މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވަނީ އެމްއެސްސީގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ޗެންޗޫރިއަންއިން ކޮށްފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ.

މި  ބޯޓު އިއްޔެ ރާއްޖެ އައުމުން އެ ބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން އެމްޕީއެލުން ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ.

މި ބޯޓުން ރާއްޖެ 800 ކޮންޓޭނަރު ގެނެސްފައިވާ ކަމަށާއި އެއީ މުޅިން ވެސް ޖެނެރަލް ކާގޯ ކަމަށް އެމްޕީއެލުން ބުނެ އެވެ.