Support Us

އަމިއްލަ މަސްލަހަތު ހިމެނޭތީ ޖާބިރުގެ ގަރާރު ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހެޅުއްވި ގަރާރަކީ ޖާބިރުގެ އަމިއްލަ މަސްލަހަތު ހިމެނޭ ގަރާރެއް ކަމަށް ވިދާޅުވެ ބައެއް މެންބަރުން ޖާބިރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ގަރާރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.

އިންޝުއަރެންސް ކުންފުނިތަކުން ބަދަލު ދޭގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ޖާބިރު މިއަދު މަޖިލިހަށް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ޖާބިރު ގަރާރު ހުށަހެޅުއްވީ އޭނާގެ އަމިއްލަ މަސްލަހަތު ހިމާޔަތްކޮށް އޭނާގެ ކުންފުންޏަށް އެލައިޑުން 22 މިލިއަން ޑޮލަރު ހޯއްދެވުމަށް ކަމަށާއި އެގޮތަށް ގަރާރު ހުށަހެޅުއްވީ އެ ފައިސާ ދިނުމަށް މަޖިލިސް މެދުވެރިކޮށް އެ ކުންފުނީގެ މައްޗަށް ލާޒިމް ކުރުވަން ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ޖާބިރު ހުށަހެޅުއްވި ގަރާރު ބަލަންޖެހޭ ވަރަަށް ނުބަލައި މަޖިލިހުގެ އިދާރާއިން ބަލައިގެންކަމީ  ކަންބޮޑުވާ ކަމެއް ކަމަށާއި އަދި އެކަމާ ހިތާމަކުރައްވާ ކަމަށެވެ. އެގޮތުން އަމިއްލަ މަސްލަހަތު ހިމެނޭ ގަރާރު މަޖިލިހަށް ވެއްދިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރު މަޖިލިހަށް ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުން އެ ގަރާރު މަޖިލިހަށް ބަލައިގަންނަން ނުފެންނަ ކަަމަށް 58 މެންބަރުން ވޯޓް ދެއްވައި ގަރާރު ވަނީ ތަޅަމުން ބޭރުކޮށްލައިފައެވެ.

ޖާބިރުގެ ގަރާރު މަޖިލިހަށް ވެއްދިއިރު އޭނާގެ ހިއްސާ އޮންނަ ޔޮޓް ޓުއާރސްއަށް ބަދަލުދިނުމަށް ސިވިލް ކޯޓުން ވަނީ އެލައިޑް އިންޝުއަރެންސްގެ މައްޗަށް ހުކުމެއް ކޮށްފައެވެ. އެ ހުކުމްގައި ވަނީ 22 މިލިއަން ޑޮލަރުގެ ބަދަލެއް އެލައިޑުން ޔޮޓްޓިއާރސް އަށް ދޭންޖެހޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *