ރާގު: މުޖެ އިޝްގުހޭ ތުޖީސޭ
ޚިދުމަތުގެ ލާމަސީލޭ އެދުރުންނަކީ ބިނާރޭ
އަދު ނަންފަވާ މި ދީބުގެ ޢިލްމީ އޮހޭ ފަނާރޭ
ޚިދުމަތުގެ…
މީހުން ބިނާކުރުމުގައި ބިންގާ އަޅައިދެނީ ކެރި
ހޭހަންތަކުންނެ ބައްޓަން ކުރަނީ ދަރީންނެ އަގުހުރި
ޚިދުމަތުގެ…
ވާނޭ އެހާމެ ޤާބިލް އެއިރެއްގެ ޙާލަތާ މެދު
ވާނޭ ސަމާލު ދައުރަށް ދަރިވަރުގެ ކުރިމަގާ މެދު
ޚިދުމަތުގެ…
ކެތްތެރިކަމާއި އޯގާތެރިކަން ނެރޭނެ ކުރިޔަށް
ހިތްހެޔޮކަމާ އެކީގާ މަގު ދައްކަނީ ދަރީންނަށް
ޚިދުމަތުގެ…
ދެއްވުން މުދައްރިސުންނަށް އެދެނީ ފަލާޙު ރަހުމަތް
ލެއްވުން ފަސޭހަ މަގުގާ ދާއިމްވެދާށި ނިޢުމަތް
ޚިދުމަތުގެ…
