Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ސުޝާންތު މަރާލީ ޑްރަގް ދީގެން ކަމަށް އޭނާގެ ބައްޕަގެ ވަކީލު ބުނެފި

ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގު ރާޖްޕޫތު މަރާލީ އޭނާއަށް ނޭނގި ޑްރަގް ދީގެން ކަމަށް އޭނާގެ ބައްޕަގެ ވަކީލު ވިކާސް ސިންގ ބުނެފިއެވެ.

ވިކާސް މިހެން ބުނެފައި ވަނީ ސުޝާންތުގެ ލޯބިވެރިޔާ ކަމަށް ބުނާ ރިއާ ޗަކްރަބޯތީ އިންޑިއާގައި ބޭނުންކުރުން މަނާކޮށްފައިވާ ޑްރަގްތަކެއް ބޭނުންކުރި ކަމަށް ތުހުމަތުކޮށްފައި ވަނިކޮށެވެ. ސުޝާންތުގެ މަރާއި ރިއާއާއި ގުޅުމެއްވޭތޯ ބަލަން އިންޑިއާގެ ނޫހަކުން ރިއާގެ ވަޓްސްއެޕް މެސެޖުތައް ކިޔައި، އެ މެސެޖުތަކުގައި ތަފާތު ޑްރަގުގެ ވާހަކަ ދައްކާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން 'ސައި ނުވަތަ ކޮފީ ތަށީގެ ތެރެއަށް ހަތަރު ތިކި ވައްޓާލައިފައި އޭނާ އަށް ބޯންދީ' އެފަދައިން ލިޔެފައިވާ މެސެޖެއް ނޮވެމްބަރ 25 ގައި ޖާޔާ ސަހާ ކިޔާ މީހެއް ރިއާއަށް ފޮނުވާފައިވާ ކަމަށް ޓައިމްސް ނައު އިން ވަނީ ބުނެފައެވެ. އަދި އެހެން މެސެޖެއްގައި އޭނާ އެމްޑީއެމްއޭ ކިޔާ ޑްރަގެއް ބޭނުންކުރި ކަމަށް ބުނެފައިވާ ކަމަށް ވެސް ޓައިމްސް ނައު އިން ބުންޏެވެ.

އެ މެސެޖުތަކާއި ގުޅިގެން އެ ނޫހަށް މައުލޫމާތު ދެމުން ވިކާސް ބުނީ އާއިލާގެ ފަރާތުން ފުލުހުންނަށް ހުށަހެޅި މައްސަލާގައި ސުޝާންތަށް ޑްރަގް ދީފައިވާ ކަމަށް ބުނިނަމަވެސް އޭރު އެމީހުންނަށް ހީވެފައިއޮތީ އެއީ ޑޮކްޓަރުގެ ލަފާގެ މަތިން ދީފައިވާ ޑްރަގްތަކެއް ކަމަށެވެ. އަދި އެ ގައުމުގައި މަނާކޮށްފައިވާ އެފަދަ މަސްތުވާ ޑްރަގް ދީފައިވާ ކަމަށް ހީވެސް ނުކުރާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ރިއާ ކޮށްފައިވާ މެސެޖުތަކުން ދޭހަވަނީ އޭނާ ގާނޫނާއި ހިލާފަށް ސުޝާންތަށް މަސްތުވާ ތެކެތި ދީ، އޭނާ ހަމައިން ނައްޓުވާލީ ކަމަށާއި، އޭނާ މަރުވެފައިވަނީ އެކަމުގެ ސަބަބުން ކަމަށް ވެސް ވިކާސް ބުންޏެވެ.

ރިއާ އާއި ބެހޭ ގޮތުން ދައްކާ ވާހަކަތައް ދޮގުކޮށް، އޭނާގެ ވަކީލު ބުނެފައި ވަނީ އޭނާ ހަޔާތުގައި ވެސް އެއްވެސް ޒާތެއްގެ މަސްތުވާ ތަކެއްޗެއް ބޭނުންކޮށްފައިނުވާ ކަމަށާއި، ލޭގެ ޓެސްޓެއް ނަގަން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *