Support Us

ރައީސް މައުމޫން އޯގަސްޓް 26 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލްގައި: ހާލުކޮޅު ރަނގަޅު -އަދިވެސް ފޮޓޯ

ރައީސް މައުމޫނަށް ހެޔޮއެދުމުގެ މެސެޖްތަކުން ޓްވިޓަރ އާއި އެފްބީ ބަންޑުންވަނީ

ކޮވިޑް19 ގެ ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވިގެން ކަމާ ބެހޭ ފަރާތްތަކާ ރައްޔިތުން ކަންބޮޑުވުމެއްގެ ތެރޭގައި ތިއްބާ އެންމެ ގިނަ ބަޔަކު ސިއްސުވާލި އަޑަކަށް ވެގެން ދިޔައީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑަށް ޕޮޒިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ރޭ އެޑްމިޓްކުރި ވާހަކައެކެވެ.

"ކޮވިޑްއަށް ޕޮޒިޓިވްވެއްޖެ. (އެކަމަކު) ބަލީގެ އެއްވެސް ސިމްޓަމްސްއެއް (އަލާމާތެއް) ނެތް. الْحَمْدُ للَّهِ" "އަދިވެސް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން، 83، ރޭ ވިދާޅުވި އެވެ. އެގޭފަހުން ރައީސް މައުމޫން ވަނީ ކޮވިޑްއަށް ޕޮޒިޓިވްވި ކަމަށް ވިދާޅުވެ ޓުވީޓް ވެސް ކުރައްވާފަ އެވެ.


ރައީސް މައުމޫންގެ ޓުވީޓާ އެކު އެމަނިކުފާނަށް ހެޔޮއެދޭ އެކިއެކި ފަރާތްތަކުން ގެންދަނީ ހަމްދަރުދީ އާއި އަވަސް ޝިފާއަކަށް އެދި ހެޔޮދުއާގެ މެސެޖްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވަމުންނެވެ. އެމަނިކުފާނަށް ހެޔޮއެދިވަޑައިގެން މެސެޖް ކުރެއްވި ބޭބޭފުޅުންގެ ތެރޭގައި ވަޒީރުންނާއި ހުރިހައި ފިކުރެއްގެ މަޖިލިސްގެ މެމްބަރުންނާއި ޕީ.ޕީ.އެމްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންވެސް ހިމެނެއެވެ.

ރައީސް މައުމޫނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ބޭރު ގަމުތަކުގެ އެކިއެކި ފަރާތްތަކުން ވެސް މެސެޖްތައް ކުރަމުން ގެންދަވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ މިއަދުގެ ވަގުތެއްގައި ޓްވީޓެއް ކުރައްވާފަ އެވެ.


ރައީސް މައުމޫން ދަރިކަނބަލުން ދުންޔާ މައުމޫން "އަދިވެސް" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ބައްޕާފުޅުގެ ހާލުކޮޅު މިއަދު ރަނގަޅު ކަމަށާއި ކޮވިޑްގެ އަލާމާތްތައް ހުރީ ވަރަށް ކުޑަކޮށް ކަމަށެވެ. އަދި ބައްޕާޕުޅަށް ހެޔޮއެދިވަޑައިގެން ގިނަ ފަރާތްތަކުން މެސެޖް ކުރަމުން ގެންދާތީ އެ ހުރިހާ ފަރާތްތަކަކަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"ބައްޕާފުޅުގެ ހާލުކޮޅު ރަނގަޅު. މާބޮޑު އަލާމާތްތަކެއް ނެތް. ހެޔޮ އެދޭ ގިނަ ބަޔަކު ގެންދަނީ ބައްޕާޕުޅަށް އަވަސް ޝިފާއަކަށް އެދެމުން، އެކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ދުންޔާ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ޝައްކު ދުވަހަކުނު އުފެދޭ ތިޔަ އއީ ޙަޤީޤީ ލޯތްބަކީ !
    ޙައްޤު ތެދުވެރި ލޯތްބަކުން މި ޥަޠަން ވި ލޯބި، ޙަބީބަކީ !
    ލައްކަ ދުވަހުގެ ޢިއްޒަތާ، ޙުރުމަތް، މި ޤަ އުމުގެ ޤަދަރަކީ !
    ރައްބު މަތިވެރި ލެއްވެވުން ހެޔޮ ޙާލު، ހިތުގެ ދުޢާ އަކީ ! ????????????❤????????

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *