ޅެމުގެ އަސްލު: ޒިންދަގީ ސެހެރާބިހޭ އައުރެ ޒިންދަގީ ގުލްޝަންބިހޭ
ތަރުޖަމާ: ޑރ. މުޙަންމަދު ޤުބާދު
ދުންޔަވީ މިހަޔާތަކީ ހަނަފަސް ހިމޭން ސަހަރާއެކޭ
ހުންނަ ހިތި އެކި ވަންނި ވަންނިން މަރުވެދާނޭ ޒަހަރެކޭ
ފަރި ބަގީޗާއެއް މެއޭ މިހަޔާތަކީ މާތައް ފޮޅޭ
ތަރިތަކެއް އުދަވެއްޖެނަމަ ލޯބީގެ ގެނބިދާ މަސްތެކޭ
ރޭގަނޑެއް ނިމުމާ އެކީ ނަލަ ފަތިހަކަށް އެބަ ތަންދެއޭ
އޭގެ ފިލުމުން އަނދިރިކަން މި ހަޔާތް އިރެއް ފަދަ ނޫރެކޭ
ފޯރަނީ އައްސޭރި އަށް ޠޫފާނުގައި ދާ އުޅަނދަށޭ
ނޯޖަވާން ކަމަކީ އެޠޫފާން ބޯލަނބާލާ ސަބަބެކޭ
މަދަދުވެރި އަތްތިލަތަކީ މިހަޔާތް ބިނާވާ ބާރެކޭ
ގަދަރުވެރި ފަސްބައި ތަކީ ލިބިދޭ އެހީތެރި ނިވަލެކޭ
