Support Us

އެހާރާއި މިހާރު

ހީކުރީމޭ ހާދަ ގޯހޭ ކަން ހިނގާ ގޮތް ތައް އެހާރު
ހީނުކުރިޔަސް އޭރަކު އެއްވެސް ތަފާތެއް ނެތް މިހާރު

އޭރު ބެލެނީ ކަންކުރަން ނޭނގޭ ބައެއް ކަމުގައި އެހާރު
އޭރު ކުރި ގޮތަކަށް ވުރެންވެސް މާބޮޑަށް ގޯހޭ މިހާރު

ކަން ކުރާގޮތު ގައި ތަފާތުވަނީ މިހާރާ އަދި އެހާރު
ކަންހިނގާ ގޮތުގައި ތަފާތެއް ނެތް އެހާރާ އަދި މިހާރު

އަތުޖެހުނު އެއްޗެއް ޖެހުނު މީހަކު ނަގައިފޮރުވީ އެހާރު
އަތުޖެހުނު ނަމަ ޖެހުނު އެއްޗެއް ވާ ނުވާ ނޭނގޭ މިހާރު

ހީކުރިން ފަނޑިޔާރުން ޤާޒީންގެ ޙާލުބޮޑޭ އެހާރު
ހީނުކުރި ޔަސް ޙާކިމުން މާ ޙާލުގައި އުޅެނީ މިހާރު

ރިޝްވަތުގެ ބިރުވެރިކަމޭ ފަނޑިޔާރުނަށް އެވަނީ އެހާރު
މިންޖު ނުވެ އެބުނާ ސުލޫކީ ބޮޑު މުޞީބާތެއް މިހާރު

ރަނގަޅު ނެތް އެއްވެސް ކަމެއް އިދިކޮޅުބަޔަކު ބުނަނީ އެހާރު
ރަނގަޅު ނެތިފައި މާބޮޑަށް ގޯހޭ ހިނގާ ކަން ކަން މިހާރު

ދީނަށާ ޤުރްއާނަށް ޖޯކެއް ޖަހާފައި ނެތް އެހާރު
ދީނުގައި އެންގެވި ޙުކުމް ގޯހޭ! ބަޔާން ނެރެނީ މިހާރު

އެހެރަ ބިޔަ މަޝްރޫޢުތައް މެކުހަށް ޖަހާފައިހުރި އެހާރު،
އޭގެ ހިލަމެއް ނެތި، ފަސާދައިން ތަން އެކީ ނިމެނީ މިހާރު

ބޭރު މީހުންތައް ގެނެސްގެން ރޭރު ކޮށްލީއޭ އެހާރު
ބޭރު މީހުން އައިސް މިތަން އަޅުވެތި ކުރިއްޔޭ ދެން މިހާރު

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *