Support Us

ރާއްޖެއަށް އެންމެ ފައިދާވާނީ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅިލާމެހުނު ވަރަކަށް: ރައީސް

ރާއްޖެއަށް އެންމެ ފައިދާ ވާނީ ބައިނަލް އަގުވާމީ އެކިއެކި ގައުމުތަކާ ގުޅުން ބާއްވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އދ. މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިރޭ ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދިވެހި ރާއްޖެއަށް އެންމެ ފައިދާ ކުރާނީ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅިގެން މަސައްކަތް ކުރުމުން ކަމަށާއި މި ބައްދަލުވުމުގެ ހަވާސާގައި އެކި ގައުމުތަކާ އެކު އެގޮތުން މަސައްކަތް ކުުރުމަށް މަޝްވަރާކުރައްވާނެ ކަމަށެވެ.

"ދިވެހިރާއްޖެއަށް އެންމެ ފައިދާވާނީ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅިލާމެހުނު ވަރަކަށް. ރާއްޖެއަށް އެންމެ ފައިދާ ހުރި އެކިއެކި ކަންކަތައްތައް ކޮށްދެވިދާނެ ފަރާތްތަކާ އެކު ގިނަގިނައިން ވާހަކަދައްކާ އެކުގައި މަސައްކަތް ކުރެވިގެން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު މިވަގުތު އޮތް ގޮތުން އދ.ގައި ރާއްްޖޭގެ ފަރާތުން ވާހަކަދެއްކުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މި ދަތުރުފުޅުގައި ތިމާވެއްޓާއި ޓެކްނޮލޮޖީ އަދި ރާއްޖޭގެ ތަރައްގީ އާއި ކުރިއަށް އޮތް މުސްތަގުބަލަށް ރާއްޖެއަށް ބޭނުންވާ މުހިންމު ކަންކަމާ ބެހޭ ގޮތުން އެކިއެކި ގައުމުތަކާއި އދ.ގެ އެކިއެކި ޖަމިއްޔާތަކުން އެހީތެރިކަން ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދެކެވަޑައިގެންނަވާނެ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިއީ ރައީސް މުޢިއްޒު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރައްވާނީ އަންނަ އަންގާރަ ދުވަހުއެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗަރގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *