ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކޮވިޑް19 ޖެހި، ހޮސްޕިޓަލްގައި އެޑްމިޓްކުރި ވަގުތު، 29 މިލިއަން ރުފިޔާގެ ދަރަންޏެއް ހޯއްދަވަން ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު، ރައީސް މައުމޫނުގެ ދަރިކަލުން ޣައްސާން މައުމޫނަށް އޯޑިއޯ މެސެޖެއް ފޮނުއްވުމުން، އެކަމާ "ވަރަށް ދެރަވެއްޖެ" ކަމަށް ޣައްސާން ވިދާޅުވެއްޖެ އެވެ.
ޖާބިރުގެ އޯޑިއޯ މެސެޖުގެ ރެކޯޑިންއާއެކު ޣައްސާން ކުރެއްވި ޓްވީޓެއްގައި ރޭ ވިދާޅުވީ، "މަޖިލިސްތެރޭގައި ކިއުއްވި އެއްޗެހި ސަމާސާއެއް ކަމަށް ހީކުރިން" ކަމަށާއި "އެކަމަކު އަޅުގަނޑުމެންގެ އާއިލާ އަށް ދިމާވެފައި އޮތް ހާސްކަމުގެ ވަގުތު ޗެއާމަން ޖާބިރުގެ ހިތްޕުޅުގެ ހަގީގީ ކުލަވަރު ދައްކަވާ ތިލެއްވީ" ކަމަށެވެ. އަދި "ވަރަށް ދެރަވެއްޖެ" ކަމަށާއި "ކޮންމެ ދިރުމެއް ވެސް ނިމިދިއުން ހުރީ އެކަލާނގެ ހަޒުރަތަށް" ކަމުގައި ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޣައްސާން ވިދާޅުވި އެވެ.
Majlis therey kiyuvvaa echehi samaasa kamah heekurin. Ekam alhugandumenge aaila ah dhima vefa miyoh haas kamuge vaguthu, @chairmanjabir ge hippulhuge hageegee kulavaru dhakkavaa thi levvee. Varah dhera vejje. Komme dhirumehves nimidhiunhuree ekalaange hadhrathah. pic.twitter.com/YZS92Umm1Q
— Mohamed Ghassan Maumoon (@mgmaumoon) August 25, 2020
ޕީ.ޕީ.އެމް/ޕީ.އެން.ސީއާއެކު އިހަށް ދުވަހު މަޝްވަރާ ކުރި ޑީ.އާރް.ޕީގެ ލީޑަރުކަން ކުރައްވާ ޖާބިރު ވިދާޅުވަމުން ގެންދަވަނީ އެއީ 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޖާބިރު އަތްޕުޅުން ރައީސް މައުމޫން ނެންގެވި ދަރަންޏެއް ކަމަށެވެ. ނަމަވެސް އެކަމަށް ރައީސް މައުމޫން އިންކާރުކުރައްވަ އެވެ. އެ މައްސަލަ ޖާބިރު ވަނީ ފުލުސް އޮފީހަށާއި ކޯޓަށް ވެސް ހުށަހަޅުއްވައިފަ އެވެ.
ކޮވިޑަށް ޕޮޒިިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ރައީސް މައުމޫން، 83، އެޑްމިޓްކުރީ ރޭގައެވެ.
ދިވެހިރާއްޖޭގައި ހިނގަމުންދާ ރިޔާސީ ނިޒާމުގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީ އަށް މި މަހު 24 ގައި ޖާބިރު އިސްލާހު ހުށަހެޅުއްވުމުން އެކަމަށް ތާއީދު ނުކުރައްވާ ކަމަށް އެންމެ ފުރަތަމަ ފާޅުގައި ވިދާޅުވި ލީޑަރަކީ ރައީސް މައުމޫނެވެ.
"ނޫން. އަޅުގަނޑު އެ އިސްލާހަކަށް ތާއީދެއް ނުކުރަން. ބަރުލަމާނީީ ނިޒާމަކީ ރާއްޖެއަށް އެއްވެސް ވަރަކަށް ކަމުދާނެ ނިޒާމެއް ނޫން،" ކޯލީޝަންގައި ހިމެނޭ އެމް.އާރް.އެމްގެ ލީޑަރުކަން ވެސް ކުރައްވާ ރައީސް މައުމޫން "އަދިވެސް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވިއެވެ. "ރާއްޖޭގައި އޮންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލްކުރަނީ ރިޔާސީ ނިޒާމް."
ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް 2007 ގައި ރައްޔިތުންގެ ވޯޓު ނެގިއިރު ވެސް، ރައީސް މައުމޫން ތާއީދު ކުރެއްވީ ރިޔާސީ ނިޒާމަށެވެ. އެ ގޮތުން ރައްޔިތުން ނިންމި ނިންމުން ގާނޫނުއަސާސީގައި ހިމަނުއްވައި، އެ ގާނޫނު އަސާސީ 2008 ގައި ތަސްދީގު ކުރެއްވީ ރައީސް މައުމޫނެވެ.
ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ތާއީދު ނުކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ މައުމޫންގެ ވެރިކަމުގެ ހުރިހާ އިންތިހާބެއްގައި މައުމޫން ވޯޓް އޮޅުވާލައްވައި މަކަރު ހައްދަވާފައިވާ ކަމަށާއި 2007 ވަނަ އަހަރުގެ ވެރިކަމުގެ ނިޒާމުގެ ވޯޓް ވެސް އޮޅުވާލެއްވި ކަމަށާއި ހަމަ އެކަނި އޮޅުވާނުލެއްވުނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގެ ވޯޓް ކަމަށެވެ.
ރައީސް ނަޝީދަށް ރައްދު ދެއްވައި، ރައީސް މައުމޫން ވިދާޅުވީ ދިވެހިންނަކީ މޮޔައިން ކަމުގައި ބައެއް ފަރާތްތަކުން ދެކެމުން އަންނާތީ އެކަމާ ހިތާމަކުރައްވާ ކަމަށާއި 30 އަހަރުގެ ވެރިކަމުގެ ހުރިހާ އިންތިހާބެއް އޮޅުވާލާފައިވާނަމަ 2008 ގެ އިންތިހާބު އޮޅުވާނުލެވެންވީ ކީއްވެގެންތޯ އައްސަވައިފައެވެ.
"އަޅުގަނޑު ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ. 30 އަހަރުގެ ތެރޭގައި އައި ހުރިހާ އިންތިޚާބެއް އޮޅުވާލިއިރު 2008ގެ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެތޯ؟ ބުއްދި ޤަބޫލުކުރާ ޖަވާބެއް ދެއްވަބައްލަވަ!"
ޖާބިރުގެ މި ފޯން ކޯލާ ގުޅިގެން، ރައީސް މައުމޫންގެ އެމް.އާރް.އެމްގެ ނައިބު ރައީސާ އާމިނަތު ނާދިރާ ވަނީ ހިތްޕުޅުހަމަނުޖެހުން ފާޅުކުރައްވައި ވަރުގަދަ ރައްދެއް ދެއްވައިފަ އެވެ.
Jabir huri thanakun hodha masthuvaa thakehchah test kurumah @policemv ah govaalan. Mi qumuga banguaavi beynunkurumakee adhaige kamehgge gothuga fennanee mizathuge meehunnaa hedhi. https://t.co/e9V0JW0YKJ
— Aminath Nadira. (@a_nadraa) August 25, 2020
ނާދިރާގެ އިތުރުން ވެސް ބައެއް ފަރާތްތަކުން ދަނީ ޖާބިރުގެ އޯޑިއޯ މެސެޖުގެ މައްސަލައިގައި ފާޑުވިދާޅުވަމުންނެވެ.
PPM / PNC in @chairmanjabir / DRP aa eku evves eh’bas vumeh oiyh nama dhevana visnevumakah vadaigathun edhen.VP @mgmaumoon aai Jabir phone in dhekkevi mududhaaru vaahaka thakakee balaiganeveyne kameh noon, Jaabir ge biruverikan e call adu ahaalumun saaf @Banafsaa @Shiyamaldives
— Ahmed Ghaalib (@AhmedGhaalib) August 25, 2020



advertisment
3 Responses
ޖާބިރަކީ މިގައުމުގައި ހުރި އެންމެ ޖައްބާރު މީހާ ކަމަށްވާ ކެރަފާ ނަޝީދުގެ އެޖެންޓެކެވެ. ވީމާ ޖާބިރުގެ ކޮން ހަމައެއް ލަމައެއް އޮންނާނީ…..؟
ދިވެހިން ތެރޭ ހުރި އެންމެ ލަދު ހަޔާތް ކުޑަމީހަކީ މިޖާބިރު . މިކަލޭގެ އާއ އެކު ކޯޅޭޝަނެ އް ނަހަދާނެ ހަމަހޭގަތިބެން ބޭނުންވާބަޔަކު. މިކަލޭގެ ފަގީރު ކަމެއްލައިގަނެ ނާށިގަޑުގަ ކައި އުޅޭން ޖެހޭނެ ހާލަތުގަ މަރުހިއްޕެވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ކުޅަދުންވަންތަ . މިކަހަލަ އިންސާނުން ސައިޒް ކުރައްވާނެ .
ޖާބިރު ތިޔަ ފައިސާ ހޯއްދަވަން މައުމޫނު އަރިހުގައި ކައްވަޅަށް ވެދެވަޑައިގަންނަވަން ފެނޭ. އޭރުން މައުމޫނުއަރިހުގައި ފައިސާގެ މައްސަލަ ޙައްލުކުރަން ކައްވަޅަށް ވެދެވަޑައިގެންނެވި ފުރަތަމަ ބޭފުޅާގެ ލަޤަބު ފަޞީލަތުއްޝައިޚް ޢަބްދުﷲ ޖާބިރު އަލްމުޤްރިނީންއަށް ލިބިވަޑައިގެންފާނެ