Support Us

މާސްކު ނާޅައި އުޅުނު 1010 މީހަކު ޖޫރިމަނާކޮށްފި

ކޮވިޑް19 އާ ގުޅިގެން މާސްކް އަޅަން މަޖުބޫރުކުރި ފަހުން މިހާތަނަށް 1010 މީހެއް ޖޫރިމަނާކޮށްފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

ކޮވިޑްގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މާސްކު ނާޅައި އާއްމު ތަންތަނުގައި އުޅެގެން މިހާތަނަށް 1010 މީހުން ޖޫރިމަނާކޮށްފައިވާއިރު 2637 މީހަކަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 56 މީހަކަށް ނަސޭހަތްތެރިވެ ދޫކޮށްލައިފައިވާއިރު 26 މީހަކު ޖޫރިމަނާކޮށްފައި ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާސްކު އެޅުން މަޖުބޫރުކޮށް ޖޫރިމަނާ ކުރަން ފެށީ ކޮވިޑާ19 ގުޅިގެން ދެމަސް ދުވަހުގެ ލޮކްޑައުންއެއްގައި މުޅިރާއްޖެ އޮތުމަށްފަހު، ދޭން ފެށި ލުއިތަކާ އެކު، މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެންނެވެ.

ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްއޯއީސީން އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 10 އިން ފަތިހު 5 އަށް މާލޭ ސަރަހައްދުގައި ކާފިއު ހިންގުމުގެ އިތުރުން ބޭރުތެރޭގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށް، ރޭގަނޑު އަށަކުން ފެށިގެން ފަތިހު ފަހަކަށް ދުއްވާ އެއްޗެހި ދުއްވުން ވަނީ މަނާކޮށްފައެވެ. މި ކަންކަމަށް އާއްމުންގެ އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން ގެންދަނީ ތަކުރާރުކޮށް އެދެމުންނެވެ.

މާސްކް ނާޅައި ބޭރުގައި އުޅޭ ފަރާތްތަކާއި މަނާ ވަގުތުތަކުގައި ބޭރުގައި އުޅޭ ފަރާތްތަކާއި ހުއްދަ ނެތް ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާ މެދު ފުލުހުން ގެންދަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރު 1000 ރުފިޔާއިން ގެންދަނީ ޖޫރިމަނާ ކުރަމުންނެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެން ފެށި ފަހުން މިހާތަނަށް އެންމެ ގިނައިން މި ބައްޔަށް ޕޮޒިޓިވްވާ އާބާދީއަކީ ޒުވާނުންގެ އާބާދީ ކަމަށް އެޗްއޯއީސީން ވަނީ ބުނެފަ އެވެ.

ކޮވިޑް19 ރާއްޖެއިން 7047 މީހުންނަށް ޖެހިފައިވާއިރު 2580 އެކްޓިވް ކޭސް ހިމެނެއެވެ. އަދި ހޮސްޕިޓަލްތަކުގައި 173 މީހަކަށް ފަރުވާދެމުން ގެންދާއިރު އައިސޮލޭޝަންތަކުގައި 1460 މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 28 އަށް އަރައިފަ އެވެ.

މާސްކު އެޅުމާ ބެހޭ ގޮތުން އެޗްޕީއޭއިން ނެރެފައިވާ ސާކިއުލާގައިވާ ގޮތުން މާލެ ސަރަހައްދުގެ ބޭރުތެރޭގައި އުޅޭނަމަ އަނގަޔާއި ނޭފަތާއި ދަތްދޮޅި ހިމެނޭ ގޮތަށް ނިވާކުރަންޖެހެ އެވެ. އެކަމުން އިސްތިސްނާވާނީ ހަމައެކަނި ދެއަހަރުން ދަަށުގެ ކުޑަކުދިންނާއި ކަސްރަތުކުރަން ތިބޭ މީހުން އަދި އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި ނަގާ ނުހެދޭ ހާލުގައި ތިބޭ މީހުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *