Support Us

ރައީސް މައުމޫން (ވ) އެ މަނިކުފާނުގެ ކޮއްކޯފުޅު، މުއުމިނާ އަބްދުލްގައްޔޫމުގެ ޖަނާޒާގައި، މި އަހަރުގެ އެޕްރީލް 6 ވަނަ ދުވަހު އާސަހަރާގައި -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

ރައީސް މައުމޫން ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވިކަން ކަށަވަރުވީ އެ މަނިކުފާނުގެ ޓެސްޓުގެ ނަތީޖާ މިރޭ ލިބުމުންނެވެ.

"ބަލީގެ އެއްވެސް ސިމްޓަމްސްއެއް (އަލާމާތެއް) ނެތް. الْحَمْدُ للَّهِ" "އަދިވެސް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން، 83، ވިދާޅުވި އެވެ.

ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ވިދާޅުވެ ރައީސް މައުމޫން ދާދި ދެންމެއަކު ވަނީ ޓްވީޓެއްވެސް ކުރައްވައިފައެވެ.

ކޮވިޑް ތެރޭގައި ރައީސް މައުމޫން އާންމުންގެ ތެރެއިން އެންމެ ފަހުން ފެނިފައި ވަނީ އެމަނިކުފާނުގެ ކޮއްކޯފުޅު، މުއުމިނާ އަބްދުލްގައްޔޫމުގެ ޖަނާޒާގައި، މި އަހަރުގެ އެޕްރީލް 6 ވަނަ ދުވަހު އާސަހަރާއިންނެވެ.

ރައީސް މައުމޫނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ވަރަށް ގިނަ ބަޔަކު ގެންދަވަނީ ޓްވީޓަރ މެދުވެރިކޮށް މެސެޖް ފޮނުއްވަމުންނެވެ. އޭގެތެރޭގައި ވަޒީރުންނާއި މަޖިލިސްގެ މެމްބަރުންނާއި ޕީ.ޕީ.އެމްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންވެސް ހިމެނެއެވެ.

އެންމެ ފަހުން މައުލޫމާތު ލިބުނު ގޮތުގައި ރައީސް މައުމޫން މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްވެވަޑައިގެންފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
316
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ރަން 30 އަހަރުގެ ބާނީ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް އަދި ކޮވިޑް19 އަށް ޕޮސިޓިވް ވެފައިވާ އެންމެހާއި،އަޚުންނާއި އުޚުތުނަށް الله ތަޢާލާ އަވަސް شفٰء މިންވަރު ކުރައްވާށި…!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *