ރައްޔިތުންނަށް ދޮގުޚަބަރު ފަތުރައި ލިޔާ ހައި ނޫސް ތަކެއް
ރައްޔިތުންނާ ޤައުމު ހަލަ ބޮލި ކޮށް ހަދާ ބޮޑު ފިތުނައެއް
ނެތިމޮށުން މީހުންގެ އަބުރާ ޢިއްޒަތާ "ކަތިލައި ހެދުން"
އެކި ދެތިން ނޫހެއްގެ ފަލަ ސުރުޚީން ކުރާ ހަނގުރާމައެއް
ރައްޔިތުންނަށް ހެޔޮއެދޭ ނޫސްވެރިކަމެއް ކޮށްދޭ ބަޔަކު
ރައްޔިތުންނަށް އޮޅުވައެއް، ނުމެލާނެ "ފުރިހަމަ މުސްލިމުންނެއް"
ޢިއްޒަތުއްނަފުސުގެ އެއީ ﷲ ދެއްވެވި ޢިއްޒަތެއް،
ވިސްނިއަސް، ނޫސްތަކުގެ ސުރުޚީންނެއް ނުވެއްޓޭ ޢިއްޒަތެއް
ވެރިކަމެއް ހޯދަން، ނުވަތަ "ވައްޓާލުމަށް" ބޭނުންވިޔަސް
"ގެރި ބަކަރިއަށް ވުރެ ދަށަށް" އަޚްލާގު ދާން ނުޖެހޭ ކަމެއް
އެކި ނުބައި، މަކަރާ، ދޮގުންނެއް، ކާމިޔާބު ނުވާކަމެއް،
ވެރިކަމާ، ޝަރަފާ، ޤަދަރު، ﷲ ދެއްވާ ޢިއްޒަ ތެއް،
ހެކިތަކެއް ޢަމްދުންނުވާ ދޮގު ޚަބަރަކުން ނެތް މޮޅުކަމެއް،
އެކި ދެތިން ނޫހެއްގެ "ޖާހިލުނަށް" މިވެސް ނޭނގޭ ވަރެއް
ނޫސްތަކުން ދޮގު ޚަބަރު ވިއްކައިގެން ލިބޭ ތަނަވަސްކަމުން
"ނޫންކަމެއް" ޖެހިދާނެ އިންސާނާ ހަލާކަށް ބޮޑު ކަމެއް
ދޮގު ޚަބަރު ފަތުރާކަށެއް ދެވިގެން ނުވާނޭ ފުރްޞަތެއް،
ޤުދުރަތުގެ ޤާނޫނު ގައިވެސް ނެތް އެކަމަކަށް، ޖާގައެއް
