Support Us

ބާޒާރުގެ ހަރުތަކުން ގެއްލި، ނެތެމުންދާ މުހިންމު ބާވަތްތަކެއް "މަންޝާ އޮންލައިން" އިން

މަންޝާ މަނިކުގެ ނަމުގައި މީގެ 34 އަހަރު ކުރިންސުރެ މަޝްހޫރުވެފައިވާ ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކުސޭޓު)ގެ "މަންޝާ އޮންލައިން" އިން މި އަހަރުގެ ޓޫރިސްޓް ސީޒަނާ ކުރިމަތިލާފައި ވަނީ މުޅީން ތަފާތު ގޮތަކަށެވެ. އެއީ ބާޒާރުގެ ހަރުތަކުން ގެއްލި، ނެތެމުންދާ މުހިންމު ވައްތަރުތަކެއްގެ މުދާ އެކި ދިމާތަކުން ހޯދައި، އަލުން ނެރިގެންނެވެ. މިއީ ރިސޯޓުތަކަށާއި ގެސްޓް ހައުސްތަކުގެ ޝޮޕްތަކަށް ވަރަށް މުހިންމު ބާވަތްތަކެކެވެ.

ރިސޯޓުތަކުގެ ޝޮޕްތަކަށާއި ރަށްރަށުގެ ފިހާރަތަކަށް ބޭނުންވާ އެކި ކަހަލަ ސްވެނިއަރގެ އިތުރުން ގޭތެރޭގެ އާންމު ދިރިއުޅުމަށް ބޭނުންކުރާ ހުރިހައި ސާމާނެއްގެ އިތުރުން ދެ ޖިންސުގެ ޒުވާނުންނާއި ކުޑަކުދީންނަށް ބޭނުންވާ ހުރިހައި ސާމާނެއް ވެސް "މަންޝާ އޮންލައިން" އިން ފުޅާ ދާއިރާއެއްގައި ހޯލްސޭލްކުރެއެވެ.

"ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ޝޮޕްތަކަށް ހާއްސަކޮށް ބާޒާރުގެ ހަރުތަކުން ގެއްލި، ނެތެމުންދާ މުހިންމު ވައްތަރުތަކެއްގެ ވަރަށް ގިނަ މުދާ ގެނެސް، "މަންޝާ އޮންލައިން" މިހާރު މި ވަނީ ޓޫރިސްޓް ސީޒަނަށް ތައްޔާރުވެފައި. އަޅުގަނޑުމެންގެ އަމާޒަކީ ހުރިހައި ބާވަތެއްގެ މުދާ ހެޔޮ އަގުގައި ފޯރުކޮށްދިނުން. ހުރިހައި ބާވަތެއްގެ މުދަލެއް މިތަނުން އޭޓު ޒެޑަށް ލިބޭނެ. މުދާ ޑެލިވެރީ މާލެ، ހުޅުމާލެ އަދި ބޯޓުފަހަރަށާއި އަދި ބޭނުންވެއްޖެ ނަމަ އެއަރފްރައިޓްކޮށް ވެސް ރާއްޖޭގެ ހުރިހައި ރަށަކަށް ފޮނުވައިދޭނެ. އޯޑަރު ދޭތާ އެއް ގަޑިއިރު ތެރޭގައި ސާމާނު ޑެލިވަރކޮށްދޭނެ. އަމާޒަކީ މާލޭ އޭރިޔާ އާއި ބޯޓުފަހަރަށް ގިނަވަގެން 20 ނުވަތަ 40 މިނިޓް ތެރޭގައި ޑެލިވަރކޮށްދިނުން،" މަނިކު ސޭޓު ބުންޏެވެ.

"މަންޝާ އޮންލައިން" ފިހާރަ ހުންނަނީ ފަރީދީމަގުގައި، "އެމް.އެސް. އާރް.އާރް. ޝޮޕްސް"ގައެވެ.

"ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ޝޮޕްތަކަށް ބޭނުންވާ ހުރިހާ އެއްޗެއް އޭޓު ޒެޑަށް މިތަނުން ލިބޭނެ. އަދި މާލެއިން ފުރައިގެން ދާން ބޭނުންވާ މީހުންނަށް ބޭނުންވާނެ ހުރިހާ އެއްޗެއް "މަންޝާ އޮންލައިން" އިން ފޯރުކޮށްދެން. އޭގެ އިތުރުން މާލެ އަންނަ ޓޫރިސްޓަކު އެނބުރި ގައުމަށް ދިއުމުގެ ކުރިން އެ މީހާއަށް ބޭނުންވާ ހުރިހައި އެއްޗެއް ވެސް މިތަނުން ލިބެން ހުންނާނެ. ނޫނިއްޔާ ރާއްޖެއިން ބޭރަށް ދިވެއްސަކު ދާން ބޭނުންވިޔަސް، ސުވެނިއަރއަކަށް ގެންދާނެ ދިވެހިވަންތަ އުފެއްދުންތައް ވެސް ހެޔޮ އަގެއްގައި، އަތްފޯރާފަށުގައި މިތަނުން ލިބޭނެ. އެހެންވީމާ ރަށުން ބޭރަށް ދާން އުޅޭ ކޮންމެ މީހަކު ވެސް މި ތަނަށް ވަދެލުމަކީ ވަރަށް މުހިންމު ކަމެއް،" މަނިކުސޭޓު ބުންޏެވެ. "މިތަނުން ވިއްކާ މުދަލުގެ ކޮލިޓީ ރަނގަޅުވެފައި އަގުތަކާ އެއްޗެތި ހެޔޮވީމާ އާންމުން މިތަން ވަރަށް ބޮޑަށް ބަލައިގެންފި. ރާއްޖޭގެ މާކެޓުން އާންމުކޮށް ލިބެން ހުންނަ ހުރިހައި އެއްޗެއް މި ތަނުން ލިބޭނެ. އަގުތައްވެސް ހަމަ އެހާ ހެޔޮވާނެ."

"ހުރިހައި ވައްތަރެއްގެ ހަނޑޫ ހުންނާނެ. ކަދުރު ހުންނާނެ. ހެނދުނުގެ ނާސްތާއަށް ބޭނުންވާނެ އޯޓްސް އާއި ކޯން ފްލޭކްސް އާއި ބިހާއި ކިރާއި ހުރިހައި ސާމާނެއް. ކުކުޅާއި ދަޅުމަހާއި ވަޅޯމަހާއި ސޮސެޖާއި ހުރިހައި ވައްތަރެއްގެ ޑްރިންކްސް އާއި ކޭކު އަޅަން ބޭނުންވާ ސާމާނު، އެކި ވައްތަރުގެ ޕާސްތާ، ނެސްކެފޭ، ބިސްކޯދު، ނޫޑްލްސް، މިހެން ގޮސް ވީކެންޑަށް ބޭނުންވާނެ ހުރިހައި އެއްޗެއް މިހާރު މިތަނުން ލިބޭނެ،" މަނިކުސޭޓު ބުންޏެވެ.

"އޭގެ އިތުރުން ދިވެހިވަންތަ ސްވެނިއަރ ހުންނާނެ. މަގާއި މުންޑާއި ޓީޝާޓް ހުންނާނެ. ކުޑަކުދީންނަށް ބޭނުންވާނެ ހުރިހައި ސާމާނެއް ހުންނާނެ. ރީތިވާ ސާމާނު ހުންނާނެ. ސެންޓު، ލޯޝަން، ބޮޑީ ސްޕްރޭ، ޝޭމްޕޫ ހުންނާނެ. ޖާޒީ އާއި ޓީޝާޓާއި ސޯޓާއި ޒުވާނުން ކުޅިވަރު ކުޅޭ ހުރިހައި ސާމާނެއް ހުންނާނެ. މެޓާ، ޗޮކްލެޓް ހުންނާނެ. އަވިއައިނާއި ގަޑި ހުންނާނެ. އެކި ކަހަލަ ނަޓްސް ހުންނާނެ. ހެލްމެޓާއި އިސްތިރި އާއި ބެޑްޝީޓާއި ކުއިލްޓާއި ގެއާއި ބަދިގެތެރޭގެ އެކި ކަންކަމަށް ބޭނުން ހުރިހައި އެއްޗެއް ހުންނާނެ. ގޮދަޑި ހުންނާނެ. އެކި ސައިޒުގެ ފޮއްޓާއި ދަބަހާއި ތޮތްޕާއި ބެކްޕެކް ހުންނާނެ. މުސައްލަ ހުންނާނެ. އެކި ކަހަލަ ހާޑްވެއާރ ވެސް ހުންނާނެ. ރައްޓެހިންނަށް ދޭނެ އެކި ކަހަލަ ހަދިޔާ ވެސް ހުންނާނެ."

މަނިކުސޭޓު ބުނީ "މަންޝާ އޮންލައިން"ގެ ހިދުމަތް ހޯދުމަށް، 7772341 ނުވަތަ 7991551 އަށް ގުޅައިލުމުން ނުވަތަ ވައިބަރ/ ވަޓްސްއަޕް މެސެޖެއް ކޮށްލިޔަސް ހުރިހައި ކަމެއް "ވަގްތުންވަގްތަށް" ހަމަޖެހޭނެ ކަމަށެވެ.

"މަންޝާ އޮންލައިން" ފިހާރައަށް އެންމެ ފަހުން ގެނައި މުދަލުގެ އާ ޝިޕްމަންޓުގެ ބައެއް ފޮޓޯތައް ތިރީގައި މިވަނީއެވެ.