ދަރުދުގައި އޮތް ކަމަކު އެ ބިމުން މާ ފޮޅޭ އީމާނުގައި
އަރުތެރަށް އެއްޗެއް ނުލެވުނަސް، ހިތްވަރޭ ވީ ރޫޙުގައި
އުފުލަމުން ތަކުލީފު ދިޔަޔަސް، ހުޅުކޮޅެއް ނުނިވޭނެކަން
އުފުރެމުން ދާ ކޮންމެ ނޭވާއެއް ބުނޭ ގަދަ ޢަޒުމުގައި
ފޮރުވިދާނޭހޭ ދަރީން ކަންފަތްތަކާ ލޯ ހަމަލައިން
މަރުވަމުންދާ ނަފްސުތައް ހީވޭ ބުނާހެން އާހުގައި
ދަނޑުތަކާ އާރޯކަމާ، ފެހިކަން، ދުރަށް އޮތް ފެތުރިފައި
ކެނޑި ދެމޭ ލޭ ކޯރުތަކަކޭ ފެންނަނީ އަދު އެ ބިމުގައި
ބިން ވުޖޫދުން ފުހެލުމަށް ކުރިޔަސް މަސައްކަތް އެކިގޮތަށް
ކަންވެގެން ނިމިދާނެގޮތް ވާނީ ލިޔެވި ތަޤުދީރުގައި
އަސްލު އޮޅުވާ ހީލަތާއެކު ބިމުގެ މައްޗަށް ގަދަވިޔަސް
ނަޞްރު ޙައްޤަށް ދެއްވަވާ މުސްލިމުތަކަށް މި ޖިހާދުގައި
