Support Us

ނިލަންދޫ: ހުވަދު އަތޮޅު އުތުރުބުރީގެ ޖަންނަތު

ރާގު:ފެެންމީރުވި ރީތި ރަށޭމީ

ތަޚްޞީޞް: ނިލަންދޫގެ ހުރިހައި ރައްޔިތުންނަށް

 

މަލަމަލަ ނަލަ ރީތި ނިލަންދޫ ރޫހު ދިރޭ މީ މަގެ ރަށޭ
ނަލަނަލަ ފަރި ޗާލު ނިލަންދޫ ރޫހު ދިރޭ މީ މަގެ ރަށޭ

ފެން މީރޭ ވައިސާފޭ ބިން ތަނަސް ހިތްގައިމޭ ފުރިހަމަ މިސާލޭ
އެންމެން ހެޔޮ މިއޭ ނިލަންދޫ ރޫހު ދިރޭ މީ މަގެ ރަށޭ

ހުވަދު އަތޮޅު އުތުރުބުރިން ފާހަގަވީ "ޖަންނަތުމީ" ފަރި ލާމަސީލޭ
ހުވަދޫން ފެން މީރު ނިލަންދޫ ރޫހު ދިރޭ މީ މަގެ ރަށޭ

ފުންފުން ބޮޑު ބިޔަ ފަޅެކޭ ވިލު ފަރުފަރު ނިސްބަތްވީ ކަނޑު އޮތް ނިލަންދޫ
ދޮންވެލި ހުދު ސާފު ނިލަންދޫ ރޫހު ދިރޭ މީ މަގެ ރަށޭ

ބަނދަރު ރިވެތި ތަނަވަސްވީ މަންޒިލެކޭ ހިނިތުންވީ ފުރިހަމަ ނަމޫނާ
އަދަބެއް ހުރި ރީތި ނިލަންދޫ ރޫހު ދިރޭ މީ މަގެ ރަށޭ

ދެކުނުކޮޅާ އުތުރުކޮޅަށް ނިސްބަތްވީ ދަރުމަކޮޅެއް އޮތް ބިޔަ ރަށެއްމީ
ދެކުނުން ފަރި މިއީ ނިލަންދޫ ރޫހު ދިރޭ މީ މަގެ ރަށޭ

ގަސްތައްބޯ ފެހިފެހި ގިނަ ވެއްޓެއް އޮތް ޚާއްޞަ ނަޔާ މާ ފިނި ރަށެއް މީ
މަސްވެރި ދަނޑުވެރިވި ނިލަންދޫ ރޫޙު ދިރޭ މީ މަގެ ރަށޭ

ތައުލީމަށް ލޯބިކުރާ ތަހުޒީބަށް އިސްކަންދޭ އެކުވެރި ބައެއްމީ
ތައުލީމުގެ ރަށެއް ނިލަންދޫ ރޫހު ދިރޭ މީ މަގެ ރަށޭ

"ކިޔަމަންތެރިކަން" ސިފައީ ރައްޔަތު އެންމެންގެ ފުށުން މި ޝިޢާރޭ ދިރެނީ
ކިޔަމުން މިޝިޢާރު ނިލަންދޫ ރޫހު ދިރޭ މީ މަގެ ރަށޭ

ތާރީޚުން ފާހަގަވާ އާސާރީ ގަލެހުނިޔާ ފެންނަން ބަހުއްޓީ
ތާރީޚުން ވިދާ ނިލަންދޫ ރޫހު ދިރޭ މީ މަގެ ރަށޭ

ޚިދުމަތްތެރި ރައްޔިތެކޭ އިސްލާމީ ޙުރުމަތުގައި ދިރިހުރި މިސާލޭ
ޚިދުމަތްތެރި ކަމުން ނިލަންދޫ ރޫހު ދިރޭ މީ މަގެ ރަށޭ

ހުވަދުއަތޮޅު އުތުރުބުރިން ކެއްކުން މީ މޮޅު ރަށެކޭ ރަހަތައް ތަފާތޭ
ހުވަދޫ ރަހަ މީރު ނިލަންދޫ ރޫހު ދިރޭ މީ މަގެ ރަށޭ

އެކުވެރިކަން ހިތްހެޔޮކަން އަޚްލާޤުން ސޫރަ ކުރާ މީ ހެޔޮ ކަތުންވީ
އެކުލުންތެރި އަމާން ނިލަންދޫ ރޫހު ދިރޭ މީ މަގެ ރަށޭ

ހިތްގައިމުވި މަންޒިލެކޭ މެހުމާނުން، ފަތުރުވެރިން އުފަލުން ފޮޅޭނޭ
ހިތްހެޔޮ ފުން ލޯބި ނިލަންދޫ ރޫހު ދިރޭ މީ މަގެ ރަށޭ

ރަޓު މައްތެން ރަޓު ދެކޮޑުން ރަޓު ހުއްޓެން ރަޓު މެދެގޭން ފަރިކަން ފެނެންނެއި
ރަޓު ބަހަ ނަލެ ޗާލެ ނެލަންދޫ- ރޫހެ ދިރެނެ މީ މަގެ ރަޓާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *