ކަަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޑޮލަރު ވިއްކަމުން ދިޔަ ފަސް ބިދޭސީއަކު ގިނަ އަދަދެެއްގެ ފައިސާއާ އެކު އަތުލައިގެންފި އެެވެ.
އިމިގްރޭޝަނުން ބުނީ ޓާސްކް ފޯސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެެއްގައި އަތުލައިގެންފައިވާ ބިދޭސީން އަތުން ފެނިފައިވާ ފައިސާ ލައްކައިން ގުނާލެވޭ ކަމަށާއި އޭގެ އިތުރަށް އެމީހުންގެ އަތުން ޑެބިޓް ކާޑާއި ކެރެޑިޓް ކާޑު ވެސް ފެނިފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި އަތުލައިގެން ފައިސާގެ ޖުމްލަ އަދަދު އިމިގްރޭޝަނުން އަދި އާއްމުކޮށްފައި ނުވި ނަމަވެސް އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ގިނަ އަދަދަކަށް ރުފިޔާ އާއި ޔޫއެސް ޑޮލަރުގެ އިތުރުން އެހެން ގައުމުތަކުގެ ފައިސާ ވެސް ވަނީ އަތުލައިގެންފަ އެވެ.

މީގެ އިތުރުން ގިނަ އަދަދެއްގެ ޕާސްޕޯޓްތަކެއް ވެސް ފެނިފައިވެ އެވެ.
ގަވާއިދާ ހިލާފަށް އުޅެމުން ގެންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ފަށައިފައިވާ އޮޕަރޭޝަންގައި މިހާތަނަށް ގިނަ ބިދޭސީންތަކެއް އަތުލައިގަނެ، އެތައް ބަޔަކު ވަނީ ޑީޕޯޓްކޮށްފަ އެވެ.



advertisment