Support Us

ހިނިތުންވެ ތިއްބަވައި ރައީސް ނަޝީދާއެކު ރައީސް މައުމޫން ސެލްފީ ނަންގަވަނީ
ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުުގެ މައްސަލަ:

މައުމޫން ނަޝީދަށް: ދިވެހިންނަކީ މޮޔައިންތޯ؟ 2008ގެ އިންތިހާބު އޮޅުވާނުލެވުނީ ކީއްވެ؟

ދިވެހިންނަކީ މޮޔައިން ކަމުގައި ބައެއް ފަރާތްތަކުން ދެކެމުން އަންނާތީ އެކަމާ ހިތާމަކުރައްވާ ކަމަށާއި 30 އަހަރުގެ ވެރިކަމުގެ ހުރިހާ އިންތިހާބެއް އޮޅުވާލާފައިވާނަމަ 2008 ގެ އިންތިހާބު އޮޅުވާނުލެވެންވީ ކީއްވެގެންތޯ އައްސަވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހޫނު ރައްދެއް ދެއްވައިފިއެވެ.

ދިވެހި ރާއްޖޭގައި އޮތް ރިޔާސީ ނިޒާމުގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކުރަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގާނޫނު އަސާސީ އަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވުމާ ގުޅިގެން ރައީސް ނަޝީދު ވަނީ އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން މައުމޫންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ. ނަޝީދު ވިދާޅުވީ މައުމޫންގެ ވެރިކަމުގެ ހުރިހާ އިންތިހާބެއްގައި މައުމޫން ވޯޓް އޮޅުވާލައްވާ މަކަރު ހައްދަވާފައިވާ ކަމަށާއި 2007 ވަނަ އަހަރުގެ ވެރިކަމުގެ ނިޒާމުގެ ވޯޓް ވެސް އޮޅުވާލެއްވި ކަމަށާއި ހަމަ އެކަނި އޮޅުވާނުލެއްވުނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގެ ވޯޓް ކަމަށެވެ.

އަޅުގަނޑު ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ . 30 އަހަރު ގެ ތެރޭގައި އައި ހުރިހާ އިންތިޚާބެއް އޮޅުވާލި އިރު 2008 ގެ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެތޯ؟ ބުއްދި ޤަބޫލުކުރާ ޖަވާބެއް ދެއްވަ ބައްލަވަ!


ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް 2007 ގައި ރައްޔިތުންގެ ވޯޓު ނެގިއިރު ވެސް، ރައީސް މައުމޫން ތާއީދު ކުރެއްވީ ރިޔާސީ ނިޒާމަށެވެ. އެ ގޮތުން ރައްޔިތުން ނިންމި ނިންމުން ގާނޫނުއަސާސީގައި ހިމަނުއްވައި، އެ ގާނޫނު އަސާސީ 2008 ގައި ތަސްދީގު ކުރެއްވީ ރައީސް މައުމޫނެވެ.

ސިޔާސީ ލީޑަރުންގެ ތެރެއިން ފާޅުގައި މިހާތަނަށްވެސް ބަރުލަމާނީ ނިޒާމަށް އެންމެ ބޮޑަށް ތާއީދު ކުރައްވާފައި ވަނީ  ރައީސް  ނަޝީދެވެ. ރާއްޖެއަށް އެންމެ ކަމުދާ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވެ އެކަމަށް ރައީސް ނަޝީދު ވަކާލާތު ކުރައްވައެވެ. ނަމަވެސް ޖާބިރުގެ މި އިސްލާހާ ގުޅިގެން ނަޝީދުގެ ފަރާތްޕުޅުން މިކަމާ މެދު ދެކިވަޑައިގެންނަވާ ވަކި ގޮތެއް އަދި ހާމައެއް ނުކުރައްވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މައުމޫނު 30 އަހަރު ވެރިކަން ކުރީ ވޯޓް އޮޅުވާލާ، މަކަރާ ހީލަތް ހަދައިގެން. އެކަމަކު ނަޝީދު އެހަދަނީ %100 ދޮގެއް. ވެރިކަމުގެ ނިޒާމް ކަނޑައެޅި ވޯޓު އޮޅުވައެއް ނުލާ. އޭރު ރައްޔިތުން ތިބީ ނިކަން ކެރިގެން، ނިކަން ހޭލާ. ނަޝީދުއަށް ޖެހޭނީ ބަލި ގަބޫލު ކުރަން. ދިވެހިންގެ ތާއީދު އޮތީ ރިޔާސީ ނިޒާމަށް. ކެރެންޏާ އަލުން ވޯޓަކަށްދޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *