ބޭނުމެއްޖެހުނަސް މިހިތުގައި ދެން ކުރާނެކަމެއް ނެތޭ
ބޭނުމެއް ނެތުނަސް ނަގައި އެއްލައި ލެވޭކަށްވެސް ނެތޭ
އޭރު އުނގުގައި ނިންދަވައި މޭގައި އަތުން ފިފުމައިދެމުން
އޭރު ކުރި "އޮފުދާރުގައި" ތެދުވެރި ނުވީމާ ވީގޮތޭ
ހިލަ ހިތެއްގައި ޖެހި "ދެހިތް ދެހިތަށް އެކީގޮސް މުޑިއަރައި"
ހިލަ ހިތަށްވުރެ ބަލިވުމުން މިހިތަކު ދެނެއް ދިރުމެއް ނެތޭ
މިއަދު މިހިތުގެ ޙާލަކީ ހަމަ ގަނޑުވެފައިވާ ލޭ ކޮޅެއް
މިކަމަކަށް ކުރެވޭނެ މާގިނަ އިތުރު ފަރުވާއެއް ނެތޭ
ލޭކޮޅެއްގެ މިސާލުގައި އޮވެ، ބޭނުމެއް އަދު ނުފުދުނަސް
މޭގެ ތެރެއިން ނެރެ ދެނެއް އެއްލައި ލެވޭކަށްވެސް ނެތޭ
މިފަދަ ޙާލެއްގައި އުޅޭތާ އަހަރުތައް މާޒީވެގޮސް
މިއަދު މިހިތަށް ޖެހުނުޙާލުން ދެން ނަޖާވާކަށް ނެތޭ
އަބަދުވެސް ފަރިޔާދުގައި މިގޮތަށް މިހެން އުޅުމަށްވުރެން
އަސަރުގައިގޮސް މަރުވުމީ އަހުރެން މިއަދު މިއެދޭ ގޮތޭ
