ކަރޯކޭ ޖައްސާ އެއްވެސް ތަނެއް ރިޔާސީ ގަނޑުވަރު މުލީއާގޭގައި ނުހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ރޭ ވިދާޅުވީ އެ ވާހަކައަކީ އެމަނިކުފާނު ވެސް ހައިރާންވެ ވަޑައިގެންނަވާ ކަމެއް ކަމަށާއި ކަރޯކޭގެ އެއްވެސް ކަމެއް ކުރެވޭނެ ގޮތަށް ގޭތެރޭގައި އެއްވެސް ވަރަށް އިންތިޒާމެއް ހަމަޖެހިފައި ނުހުންނާނެ ކަމަށެވެ. އަދި އެ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކައެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނޭނގެ އެކަހަލަ ވާހަކަތައް ދައްކާ ސަބަބުތަކެއް. ވެދާނެ ކޮންމެ ވެސް ކަހަލަ ވާހަކައެއް އަބަދުވެސް އޮންނަން ޖެހޭ ކަމަށް ގަބޫލް ކުރެވެނީ ކަމަށް. އެކަމު އެއީ ހަގީގަތެއް ނެތް ނޫން. އެއީ އެއްވެސް ވަރެއްގެ ހަގީގަތެއް ހިމެނޭ ވާހަކައެއް ނޫން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުން ކަރޯކޭއެއްގައި ލަވައެއް ވިދާޅުވާ ވީޑިއޯއެއް އާއްމުވުމާ ގުޅިގެން، މުލީއާގޭގައި އެފަދަ ތަނެއް ހަދައިފައި ހުންނަ ކަމާއި އެތަނުގައި ކަރޯކޭ ޖެއްސޭނެ އަގުބޮޑު ސެޓަޕެއް ހަދައިފައިވާ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.



advertisment