Support Us

ސިނަމާލެ ބްރިޖު ރަމްޒުކޮށްދެނީ ދެގައުމު ދެ މެދުގައި އޮތް އިތުބާރާއި ގުޅުން: ރައީސް

ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ރަމްޒުކޮށްދެނީ ދެ ގައުމު ދެމެދުގައި އޮތް އިތުބާރާއި ގާތް ގުޅުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ-ހުޅުލެ-ހުޅުމާލެ ގުޅުވައިލަދޭ "ސިނަމާލެ ބްރިޖް" ހުޅުވިތާ މިއަދަށް ހަ އަހަރު ފުރުން ފާހަގަކުރައްވައި ރައީސް ޑރ. މުއިއްޒު އެކްސްގައި މިއަދު ވިދާޅުވީ މި ބްރިޖަކީ ހަމައެކަނި ރަށްތައް ގުޅުވައިދިން މަޝްރޫއެއް ނޫން ކަމަށެވެ.

"މިއީ (ރާއްޖެ އާއި ޗައިނާ) ދެ ގައުުމުގެ ދެމެދުގައި ދެމިއޮތް ގާތް ގުުޅުމާއި އިތުބާރު ދައްކައިދޭ ރަމްޒެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ އިތުރުން ޗައިނާ ސަފީރު ވޮންގް ލިޖިން އެކްސްގައި ވިދާޅުވެފައިވަނީ ފާއިތުުވި ހަ އަހަރު ދުވަހުގެ ތެރޭގައި މި ބްރިޖްގެ ސަބަބުން ދިވެހިންނަށް އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދަން އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ސިނަމާލެ ބްރިޖަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބިނާކުރި ބުރިޖެެކެެވެ. އެ ބްރިޖެ މަސައްކަތް އެއްކޮށް ނިންމައި ރަސްމީކޮށް ހުޅުވައިފައިވަނީ 30 އޮގަސްޓް 2018 ގަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *