Support Us

ސްޓެލްކޯ ހޮޓްލައިން 1545 ތައާރަފުކޮށްފި

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިންގެ ގޮތުގައި 1545 ތައާރަފުކޮށްފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯލްމަތުގައި ލައިވް ޕްރިމިއަރއެއްގެ ގޮތުގައި މިއަދު ތައާރަފުކުރި މި ހޮޓްލައިނަކީ "ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއެކު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސްޓެލްކޯއިން ފެށި މަސައްކަތެއް" ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

"ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާ ގުޅުން ހުރި މަޢުލޫމާތާއި، ކަރަންޓު ބިލްތަކާ ގުޅުންހުރި ޝަކުވާތަކާއި، ކުންފުންޏާ ގުޅުން ހުރި އެނޫންވެސް ކަންކަމުގައި ސްޓެލްކޯގެ ހޮޓްލައިން ބޭނުން ކުރެވޭނެ. މީގެ އިތުރުން ސްޓެލްކޯގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއަރގެ ޚިދުމަތާއެކު ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާ މުޢާމަލާތު ކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައި،" ސްޓެލްކޯ އިން ބުނެއެވެ.