ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮަތަށް ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން މިހާތަނަށް 30،371 ގަސް އިންދައިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޓެލްކޯ އިން ބުނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި އެ ކުންފުނިން ބައިވެރިވެ، ފަސް އަހަރު ތެރޭގައި ފަސް ލައްކަ ގަސް އިންދުުމަށް ނިންމައިފައިވާއިރު އެ މަޝްރޫއު އިފްތިތާހު ކުރުމަށް ކ. ތުލުސްދޫގައި މިއަހަރުގެ ޖޫން މަހު ބޭއްވި ހަރަކާތުގައި ތުލުސްދޫ އާއި ސްޓެލްކޯއިން ހިދުމަތް ދޭ ރަށްރަށުގައި ޖުމްލަ 21،007 ގަސް އިންދައިފައިވާ ކަމަށެވެ.
އަދި މި އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ކ. ދިއްފުށީ އިންޖީނުގޭގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ހަވާސާގައި އެ ރަށުގައި 1،000 ގަސް އިންދައިފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުނެ އެވެ.
މީގެ އިތުރުން މި އޮގަސްޓްމަހުގެ 24 ވަނަ ދުވަހު ސްޓެލްކޯއިން އެކިއެކި ރަށްރަށުގައި ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން 8،364 ގަސް އިންދައިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ސްޓެލްކޯޢިން ބުނީ ފަސް ލައްކަ ގަސް އިންދުމުގެ އަމާޒަށް ވާސިލް ވުމަށްޓަކައި ކުރިއަށް ތަނުގައި ސްޓެލްކޯއިން ހިދުމަތް ދޭ ރަށްރަށުގައި ގަސް އިންދިމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.




advertisment

