ޔާ އިލާހީ! ދިވެހި ޤައުމަށް ހެޔޮދުވަސްތައް ދައްކަވާށި
ޙާޖަތަށް އެދިގެން ކުރާ މިދުޢާ އިޖާބަ ކުރައްވަ ވާށި
ވެރިކަމަށް އަދު ހޮވި ވަޑައިގެންފައި މިވާ ޑރ. މުޢިއްޒު،
ވެރިކަމަށް ނަޞްރާ ނަޞީބާ ކާމިޔާބާ ދެއްވަ ވާށި
ރައްޔިތުން ޙައްޤަށްޓަކާ އެކުރައްވަވާ މަތިވެރި "ޖިހާދުން"
ރައްޔިތުންނަށް ލާބަޔާ މަންފާ، އިލާހީ ދެއްވަ ވާށި
ވާވެފައިވާ މަގުތަކާ ޖަންގަލިތަކާ، އަލި ސާފު ކޮށް،
ޚާއިނުން ކިބައިން ފަތަޙަ ކުރުމުގެ މަގެއް އަދު ދައްކަ ވާށި
ދުޝްމަނުންނާ މުޝްރިކުން ފޮނުވާ ނުރައްކާ ޙަމަލަ ތައް،
ދުޝްމަނުންނަށް އައިކޮޅަށް އަނބުރާ އިޢާދަ ކުރައްވަ ވާށި
އިންދިރާސްވެ ގޮސް އެކީ ނިމިފައި ޤައުމު އޮތް ޙާލަތުން،
މިންޖުކޮށް ދެއްވަން ކުރާ ވެރިކަމުގެ ބަރަކާތް ލައްވަ ވާށި
ފިތުނަވެރި މީހުންގެ ރޭވުންތައް "އަނދައި އަޅިއަށްވެ ގޮސް"
އިތުރު މަދަދާ، ރިޒުޤު ޤައުމަށް، ޔާ އިލާހީ! އޮއްސަ ވާށި
