ރާގު: ހިތާމައޭ މީ ބަޔާން ނުވާނޭ…
ނިވައި ކުރާށޭ ތިބާގެ ހުޅިފުޅު ވިލައިގެ ކަންހުޅި ހިމޭން ވެދާތީ
ރިވާޔަތެއް ރީތި ވޭ ލިޔާހައި ކިޔާނަ ދުނިޔޭގެ ދޫ އެދޭތީ
މަނާކުރާށޭ ވަނާތަކުން ފަރި ހަނާއަޅާ ތިޔަ އެޅުން އަބުރުވެރި
ސަނާގެ ދޫތައް ވެޔޭ މޮހޭހައި ތަނާއި ދުރު ކައިރި ލޯ އެދޭތީ
މަރައިބަލާށޭ ދެލޯ ސިހުރުވެރި ބަރާވެ އިސްގުން އެވާ ކިބުރުވެރި
ޣަރާމުގައި ހިތް ވެޔޭ ނަށާހައި އަރާމަކަށް ސިކުނޑި ފުން އެދޭތީ
ނުދޭ ހިނގާފައި އަޅާމެ ފިޔަވަޅު ވެދާ ހަނދާން ރޯޅިވައިގެ ހިލަވަޅު
އުދާހުގައި ވޭ ފިދާވެ ދާހައި ނަޖާކުރަން ނަފުސު ހިތް އެދޭތީ
ދެތުންފަތުން ހީނ ނުހައްދަވާށޭ މަތިން އެ ފަރުދާ އަޅައިބަލާށޭ
އަތުން ވެޔޭ ފެނި ގަތުލު ވެދާހައި ކަތުން އެ މަންޒަރު ދެކެން އެދޭތީ