Support Us

މުޒާހަރާކުރުމަށް މާފުއްޓަށް ދާން ދޯނި ތައްޔާރުކުރުމުގެ މަސައްކަތުގައި ޕީ.އެން.ސީގެ ނައިބު ރައީސް ސުޖާ ހަރަކާތްތެރިވެވަޑައިގަންނަވަނީ

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާފުށީ ފަޅުތެރޭގައި މުޒާހަރާއެއް ކުރަނީ

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާދަމާ މާފުއްޓަށް ގޮސް، އެ ރަށު ފަޅުތެރޭގައި މުޒާހަރާއެއް ކުރަން ނިންމައިފިއެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގަ އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު އަދިވެސް އަށް ވިދާޅުވީ މާދަމާގެ އިހްތިޖާޖް ފެށިގެން ދާނީ މާފުށީ ފަޅުތެރެއިން ކަމަށާއި މާފުއްޓަށް ދިއުމަށް މާލެއިން ފުރުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރު ކަމަށެވެ. އަދި މުޒާހަރާކުރުމަށް އެ ރަށަށް ފޭބުމަށް ހަމަޖެހިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާކުރުމަށް މާފުއްޓަށް ދާން ދޯނި ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ

"އަޅުގަނޑުމެން ލީޑަޝިޕްގެ ހުރިހާ ބޭފުޅުންނާއި މި މުޒާހަރާގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް މަސްދޯންޏެއްގައި ދަތުރުކޮށް މާފުށީ ފަޅުތެރޭގައި މި މުޒާހަރާ ކުރާނީ. އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ސޯޝަލް ޑިސްޓެންސްގެ ތެރެއިން މިކަން ކުރުމަށް ރާވައިފައި ވަނީ. އަޅުގަނޑުމެން ބޭނުންވަނީ ސަރުކާރަށް މެސެޖެއް ދޭން. އެގޮތަށް ރައީސް ޔާމީން މާފުށީގައި ގައިދުކޮށްފައި އަނިޔާވެރި ގޮތަކަށް ނުބެހެއްްޓޭނެ،" ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމަލްތައް ހުރި ގޮތުން އިދިކޮޅުން ސަރުކާރު ޒިންމާދާރުކުރުމަށް އެކި ޕްރޮގްރާމްތައް ކުރިއަށް އޮތް ތާނގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން މާދަމާގެ ޕްރޮގްރާމަކީ ފެށުމެއް ކަމަށެވެ. އަދި ކުރިޔަށް އޮތް ތާނގައި އެކި ރަށްތަކުން މުޒާހަރާތައް ފެނިގެން ދާނެ ކަމަށް ވެސް އިދިކޮޅު ތަރުޖަމާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *